ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކްސްޕީރިއަންސް މޯލްޑިވްސް ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފި

STO_Ads
MPL_Ads
TTH_Ads
Advertisement

އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް “އެކްސްޕީރިއަންސް މޯލްޑިވްސް” ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން މިކެމްޕޭން ބާއްވާ ހަތަރުވަނަ ފަހަރެވެ.

ބީއެމްއެލްއި ވިދާޅުވީ، “އެކްސްޕީރިއަންސް މޯލްޑިވްސް” ނަމުގައި ހިންގާ މިޑެސްޓިނޭޝަން ކެމްޕޭން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ބަލައިގެންފައިވާކަމަށެވެ.

ބީއެމްއެލްއިން ވިދާޅުވީ، ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ޚާއްސަ އޮފަރތަކެއް ލިބޭނެކަމަށެވެ. އަދި ސްޕާ ޓްރީޓްމަންޓް، ބީޗް ޑައިނިން، މޫދު ކުޅިވަރު ހަރަކާތްތައް، ފްލޯޓިން ބްރޭކްފާސްޓް އަދި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ކަންކަން ފަސޭހަކަމާއެކު ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

HajjCop_ads
MPL_Ads
Advertisement

މިކެމްޕޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭން ހަގީގަތަކަށް ހެދުމަށް އެމެރިކަން އެކްސްޕްރެސްއާއެކު ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މި ކެމްޕޭނުގެ ދަށުން، ރާއްޖެއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޚާއްސަ އޮފަރތަކެއް ލިބިގެންދާނެކަމަށެވެ.

“މި ކެމްޕޭނުން، ރާއްޖެއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޚާއްސަ އޮފަރތަކަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެ. އަދި މި ކެމްޕޭނުގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ. އަދި ހަމައެހެންމެ މި ކެމްޕޭނުގައި ބައިވެރިވާ މަރޗަންޓުންނާއެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވިގެންދާނެ.” ބީއެމްއެލްގެ
މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސްގެ ގްލޯބަލް ނެޓްވޯކް ސަރވިސަސް، އޭޝިއާ އެން ސައުތު ޕެސިފިކް ގްރޯތު މާކެޓްސްގެ ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރ ދިވްޔާ ޖެއިން ވިދާޅުވީ، ރާއްޖެއަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއްކަމަށެވެ. އަދި ބީއެމްއެލްއާއެކު ހިންގާ މިކެމްޕޭނުގެ ދަށުން ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

“ބީއެމްއެލްއާއެކު ގާއިމުވެފައިވާ ޕާޓްނަރޝިޕާއެކު، އަދި ވިޒިޓް މޯލްޑިވްސްއާއި ޓޫރިޒަމް ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު، ރާއްޖެ އަދި ގްލޯބަލް ޓްރެވެލް އިކޯސިސްޓަމަށް އަޅުގަނޑުމެން ދޭ ސަޕޯޓު މި ދަނީ އިތުރަށް ހަރުދަނާކުރަމުން. ފަތުރުވެރިންނަށް ޚާއްސަ ތަޖުރިބާތަކެއް ހިމެނޭ ‘އެކްސްޕީރިއަންސް މޯލްޑިވްސް’ ކެމްޕޭނަކީ އަޅުގަނޑުމެންގެ ކާޑު މެންބަރުންނަށް ޕްރިމިއަމް އަދި ތަފާތު ތަޖުރިބާތަކެއް ހޯދައިދީ، އަދި ރާއްޖެއަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިތުރަށް ޕްރޮމޯޓު ކުރެވޭނެ ކެމްޕޭނެއް.” ދިވްޔާ ޖެއިން ވިދާޅުވިއެވެ.

ބީއެމްއެލްއިން މީގެ ކުރިންވެސް “އެކްޕީރިއަންސް މޯލްޑިވްސް’ގެ ނަމުގައި ޚާއްސަ ކެމްޕޭނުތަކެއް ވަނީ ބާއްވާފައެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ޚިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ޚިދުމަތްތައްވެސް ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 07 15 at 14.50.20

ސްވައިޕްގައި ހިމެނޭ އިންޓަރނޭޝަލް އެކައުންޓް ހުޅުވޭ ގޮތާއި ބޭރުން ފައިސާ ގެނެވޭ ގޮތުގެ ތަފްސީލް ހާމަކޮށްފި

WhatsApp Image 2026 07 15 at 13.02.55

ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް ހާއްސަ ލޯނެއް، އެޕްލައިކުރާތާ އެއް ދުވަސްތެރޭ ހަމަޖެހޭނެ!

WhatsApp Image 2026 07 15 at 11.30.13

ބޭންކް އޮފް މޯލްޑިވްސްއިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް

BML card

ބީއެމްއެލްއިން ދެއަހަރާއި ބައިގެތެރޭ، 1.7 ބިލިޔަން ޑޮލަރު ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ވިއްކައިފި