ތ. ގުރައިދޫ ސްޓެލްކޯ އިންޖީނުގޭގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ.
އެ މަގުސަދަށް ވާސިލުވުމަށްޓަކައި، ކ. ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ‘ހެލްތް، ސޭފްޓީ އެންޑް ސެކިއުރިޓީ’ ތަމްރީނު ޕްރޮގްރާމެއް ވަނީ ހިންގާފައި ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
އެ ކުންފުނިން ވިދާޅުވީ، އެ ތަމްރީނުގެ މައިގަނޑު މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމާއި، ސަލާމަތީ މިންގަނޑުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ އިތުރުން، ކުއްލި ހާލަތްތަކުގައި ހަރުދަނާ ފިޔަވަޅުތައް އަޅާނެ ގޮތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
ސްޓެލްކޯއިން ވިދާޅުވީ، އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ރައްކާތެރި، އިތުބާރުހުރި އަދި ފެންވަރު ރަނގަޅު ހިދުމަތެއް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު