ކ. ހުރާގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ގެސްޓް ހައުސް ހަދަން 17 ބިމެއް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.
ހުރާ ކައުންސިލުން އިއްޔެ ގެޒެޓު ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި އަލަށް ހިއްކި ސަރަހައްދުން ޓޫރިޒަމްގެ ބޭނުމަށް 17 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ބިންތައް ކުއްޔަށް ނެގުމަށް ބިޑް ކުރުމަށް ބޭނުންވާ ބިޑް ފޯމުގެ އަގަކީ 25،000ރ ކަމަށް ހުރާ ކައުންސިލުން ބުންޏެވެ. ބިޑް ގަތުމަށް އެދޭ ފޯމުތައް ބަލައިގަތުމާއި ބިޑު ފޯމުތައް ދޫކުރުން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށެވެ
ހުރާ ކައުންސިލުން ބުނީ ބީލަމާ ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:15 ގައި އެ ރަށު ކައުންސިލު އިދާރާގައި ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ 1:00 އަށް ކައުންސިލުގެ އިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
ހުރާ ކައުންސިލުން އިތުރަށް ބުނީ، ކުއްޔަށް ދޫކުރާ ބިންތަކާ ގުޅޭ އިތުރު މައުލޫމާތު އެ ރަށު ކައުންސިލުގެ [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށެވެ.
މާލެއިން ފުރައިގެން ލޯންޗެއްގައި 30 މިނެޓުން ދެވޭ ދުރުމިނުގައި އޮތް ހުރަޔަކީ ލޯކަލް ޓޫރިޒަމަށް މަޝްހޫރު ރަށެކެވެ. އެ ރަށުގައި މިހާރުވެސް އެތައް ގެސްޓު ހައުސެއް އޮޕަރޭޓުކުރާއިރު އާ ގެސްޓުހައުސްތައްވެސް އަންނަނީ ހަދަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު