ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލް އިންތިޚާބު: 2،993 ކެންޑިޑޭޓުން ވާދަކުރާނެ

Election

އަންނަ އޭޕްރީލު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 2،993 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަންކުރާ ޕީއެންސީން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކުރާ 1611 ކެންޑިޑޭޓުންގެ ތެރެއިން 665 ކެންޑިޑޭޓުންނަކީ ޕީއެންސީގެ މެންބަރުންނެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 1383 ކެންޑިޑޭޓުންގެ ތެރެއިން 658 ކެންޑިޑޭޓުން ނިސްބަތްވަނީވެސް އެ ޕާޓީއަށެވެ. މި ދެ އިންތިޚާބުގައިވެސް ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެމްޑީޕީންނެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީ، އެމްޑީއޭ، ދަ ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީގެ އިތުރުން އަމިއްލަ ގޮތުންވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރެއެވެ.

އީސީގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވި ގޮތުގައި، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުއަތުލުން މިމަހުގެ 12 ނުވަތަ 13 ހިސާބުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް ގުރުއަތުލުމުގެ ކުރިން އެ ފުރުޞަތު އޮންނާނެ ކަމަށްވެސް އީސީން ބުނެއެވެ. މި އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާއިރު، ބައެއް ރަށްރަށުގެ ކައުންސިލް ގޮނޑިތައް، ކުރިމަތިލީ އަދަދު މަދުވުމުގެ ސަބަބުން މިހާރުވެސް ވަނީ އިންތިޚާބަކާ ނުލައި ކަށަވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election commission

އިންތިހާބާބެހޭ މަރުކަޒު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

B 202603160538441773664724.7974

އިބްރާހިމް އަބޫބަކުރުގެ ތާއީދު ޕީއެންސީ ކެންޑިޑޭޓް އަރީޝަށް

raees muiz

މަޝްރޫޢުތައް ފުރިހަމަކުރުމަށްޓަކައި އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވަވާ: ރައީސް