ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިމާންޑް ބޮޑުވެ، 100 ރުފިޔާގެ އާ ނޫޓު ޝިޕްމަންޓެއް އެމްއެމްއޭއިން ގެނެސްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ “ރަންދިހަފަހެއް” ސީރީޒްގެ 100 ރުފިޔާގެ ނޫޓު މަދުވުމާ ގުޅިގެން، އާ ސްޓޮކެއް ރާއްޖެ ގެނެސްފިއެވެ. މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި ސްޓޮކް ހަމަކުރުމަށްޓަކައި ގެނައި މި އާ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ރާއްޖޭގައި ދައުރުކުރާ ފައިސާގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓަކީ އާންމުންގެ މެދުގައި އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ގިނައިން މުޢާމަލާތްތަކުގައި ބޭނުންކުރާ ނޫޓެވެ. ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޭޓީއެމް ފަދަ ވަސީލަތްތަކުން ފައިސާ ނެގުމުގައިވެސް އެންމެ ގިނައިން ބޭނުންކުރަނީ ސަތޭކައިގެ ނޫޓެވެ. މީގެ އިތުރުން، ފާއިތުވި އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެކޯޑު އަދަދަކަށް އައު އޭޓީއެމްތައް ހުޅުވުނު އަހަރެއް ކަމަށްވުމާއެކު، މި ނޫޓަށް އޮތް ޑިމާންޑް ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ.

މިހާރު ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓަކީ، ދިވެހި ފައިސާގެ ނޫޓުތައް ޒަމާނީކޮށް، ޕޮލިމާ ނޫޓަށް ބަދަލުކުރުމުގެ ގޮތުން 2016 ވަނަ އަހަރު ތަޢާރަފުކުރި “ރަންދިހަ ފަހެއް” ސީރީޒްގައި ހިމެނޭ ނޫޓެކެވެ. ދައުރުކުރުމަށް ނެރެފައިވާ ނޫޓުތަކުގެ ތެރެއިން އަދަދުގެ ގޮތުންވެސް އެންމެ ގިނައީ ސަތޭކައިގެ ނޫޓުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ