ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލް އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސްނަގައިގެން، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމް.ޕީ.އެލް ހެޑް އޮފީސް (ބަނދަރު މާލަން) ގައި މާދަމާ ހެނދުނު 11:30 އިން އިރުއޮއްސި 18:30 އަށެވެ.

އެމްޕީއެލް އިން ވިދާޅުވީ، އެމްޕީއެލް އާއި އެމްބީއެސް އަދި “ލޭ އެޕް” ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

“ހަދިޔާ ކުރާ ލެޔަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް ވެދެވޭ އަގުހުރި އެހީތެރިކަމެއް،”. އެމްޕީއެލް އިން ވިދާޅުވިއެވެ.

އެމްީޕއެލް އިން ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވައިފައެވެ. އަދި ލޭ ހަދިޔާކުރުމަށް ބާއްވާ ހަރަކާތްތަކަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ހަރަކާތެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އެމްބީއެސްއަށް ލޭ ލިބުން ދަތިވެ، މީގެ ކުރިންވެސް ސަރުކާރުގެ އެކި ކުންފުނިތަކުން ވަނީ ލޭ ހަދިޔާ ކުރުމަށް ކޭމްޕްތައް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ