ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭދަފުށީ ކައުންސިލުގެ އަންހެން ދެގޮނޑިވެސް އިންތިހާބަކާ ނުލައި ޕީއެންސީއަށް

އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ބ. އޭދަފުށީ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން، އަންހެން މެންބަރުން ތަމްސީލުކުރައްވާ ދެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް) ޕާޓީއަށް ލިބިއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން އެ މަޤާމަށް ކުރިމަތިލެއްވީ ޒީމާ އިބްރާހީމް އާއި ނާޒްނީން ޔޫސުފް އެވެ. އެ ގޮނޑިތައް ކަށަވަރުވީ އަންހެން ކައުންސިލަރުންގެ ގޮތުގައި އިތުރު ބަޔަކު އެރަށުން ވާދަނުކުރާތީއެވެ.

އަންހެން ދެ މެންބަރުންނަށް ގޮނޑި ޔަގީންވިއިރު، ޒީމާ މިހާރު ހުންނެވީ އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމުގައެވެ. ނާޒްނީން އަކީ މިހާރު ވެސް ކައުންސިލް މެންބަރެކެވެ.

އޭދަފުށީގެ އިތުރުން އދ. ދިއްދޫ އާއި އެ އަތޮޅު އޮމަދޫ ކައުންސިލް ރައީސްކަމުގެ ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ވެސް ޕީއެންސީއަށް ވަނީ ލިބިފައެވެ.

ހއ. ބާރަށާއި އުތީމު ކައުންސިލް ރައީސްގެ ގޮނޑި ވެސް ޕީއެންސީ އަށް ވަނީ ކަށަވަރުވެފައެވެ. އަދި، ވިލުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 10 ގޮނޑީގެ ތެރެއިން 8 ގޮނޑި މިހާރު ވެސް ވަނީ ޕީއެންސީއަށް ކަށަވަރުވެފައެވެ.

މިހާތަނަށް އައިއިރު ކޮންގްރެސް ޕާޓީއަށް ވަނީ ކައުންސިލްގެ 10 ގޮނޑި ކަށަވަރުވެފައެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ 2،993 ކެންޑިޑޭޓުން ވާދަކުރާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ ކޮންގްރެސް ޕާޓީންނެވެ.

އިލެކްޝަންސްއިން އާއްމުކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން، މިއަހަރުގެ އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election commission

އިންތިހާބާބެހޭ މަރުކަޒު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި

އަަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަކަށް އަސަރެއް ނުކުރާނެ: އިލެކްޝަންސް

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

Election

އިންތިހާބުގައި އޮބްޒާވަރުންނަށް ވުމަށް ދިން މުއްދަތު އިތުރުކޮށްފި