ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީގެ ސިލްވާ ޖުބިލީ ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ހަރަކާތްތައް ރަސްމީކޮށް ރޭ އިފްތިތާހުކޮށްފިއެވެ.

އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެޗްޑީސީގެ ރިހިޔޫބިލަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލޯގޯ އާއި ޝިއާރު ވަނީ ދައްކާލައިފައެވެ. މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ “ކަނޑުން ރިހިއައްސޭރިއަށް” އެވެ. މިއީ ފަޅު ކަނޑެއްގެ ގޮތުގައި އޮތް ސަރަހައްދެއް ހިއްކައިގެން، ޒަމާނީ ސިޓީއެއް ބިނާކުރުމަށް ކުރެވުނު ދިގު ދަތުރު ރަމްޒުކޮށްދޭ ޝިއާރެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، ރާއްޖޭގައި ސިޓީއެއް ތަރައްގީކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެޗްޑީސީން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށެވެ.

31 ޖެނުއަރީ 2026، އެޗްޑީސީގެ ސިލްވާ ޖުބިލީ ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކުރުން — ފޮޓޯ/ އެޗްޑީސީ
ރަސްމިއްޔާތުގެ ތެރެއިން އެޗްޑީސީގެ ވޭތުވެދިޔަ ތާރީހާއި، ހުޅުމާލެ ތަރައްގީވަމުން އައި ތަފާތު މަރުހަލާތައް ދައްކުވައިދޭ ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދައްކާލައިފައެވެ.

އެޗްޑީސީން ބުނީ، ސިލްވާ ޖުބިލީ އަހަރާ ގުޅިގެން މިއަހަރުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އާންމުންނަށް ބައިވެރިވެވޭނެ އިޖުތިމާއީ އަދި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް އެޗްޑީސީން ފަށައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި