ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޯ ލެވެލް އޮކްޓޯބަރުގައި ހަދާގޮތަށް އަނެއްކާވެސް ބަދަލުކޮށްފި

students exam

އެސްއެސްސީ އަދި އޯ ލެވެލް އިމްތިހާނު އަނެއްކާވެސް އޮކްޓޯބަރު / ނޮވެމްބަރު މަހު ހަދާގޮތަށް ބަދަލުކޮށްފިއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި އެ އިމްތިހާނު ހަދަމުން ދިޔައީ އޮކްޓޯބަރު / ނޮވެމްބަރު މަހުއެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނު ފަސްވެ، ބޭއްވޭ ގޮތްވީ، 2021 ގެ މެއި / ޖޫން މަހުގެ ތެރޭގައެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ އެ އިމްތިހާނު މެއި މަހުގެ ތެރޭގައި ބޭއްވުމަށްފަހު މިދިޔަ ތިން އަހަރު އޯލެވެލް އިމްތިހާނު ބާއްވާފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.

ނަމަވެސް ކޮވިޑާއެކު، ދިރާސީ އަހަރު ފެށޭ ދުވަސްވަރު އަހަރު މެދުތެރެއަށް ބަދަލުކުރި ކުރުން މި ސަރުކާރުން އައިސް ވަނީ އިހު އޮތް ގޮތަށް ބަދަލުކޮށްފައެވެ. އެގޮތުން މި އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށޭނީ ޖެނުއަރި މަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރު ގްރޭޑް 10 އަށް ދިޔަ ދަރިވަރުން އޯ ލެވެލް ހަދާނީ މިއަހަރުގެ އޮކްޓޯބަރު / ނޮވެމްބަރުގައެވެ. އަދި މިދިޔަ އަހަރު ގްރޭޑް 10 ގައި ކިޔެވި ދަރިވަރުން މިދިޔަ މަހު ވަނީ އޯ ލެވެލް އިމްތިހާނު ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ahmadiyaa school

އޭލެވެލް މޭ/ޖޫން އިންތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

students

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ހުޅުވާލައިފި

“ޝަހީދު ޢަލީ ސްކޫލް” ގައި މިއަދު ކިޔަވައިދޭން ފަށައިފި

school darivarun

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި