ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

433946 3 9491cd5a13ea3bfbdf63e93b020b15e401f9162c 1140x570

ހިޔާ ޓަވަރު ފަހެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮފިޝަލަކު ވިދާޅުވީ، ހަތް އެޕާޓުމަންޓުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ ފަސް ދުވަހަށް ކަމަށެވެ. އެއީ، ގެއްލުންވި އެޕާޓުމަންޓުތައް މަރާމާތު ކުރުމަށް ދުވަސްކޮޅެއް ނަގާނެތީ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެ ހާދިސާގައި ވަނީ ފާހާނާގެ މައި ހޮޅިއަށް ގެއްލުން ވެފައެވެ. ގެއްލުންތައް ދެނެގަނެ، މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީ އާއި އެމްޑަބްލިޔުއެސްސީން އަންނަނީ ކުރަމުންނެވެ.

އެ ހާދިސާއާ ގުޅިގެން އެހީތެރިކަމެއް ބޭނުންވާނަމަ، އެންޑީއެމްއޭގެ އިމަޖެންސީ ނަމްބަރު 115އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

hiyaa flats

ސޯޝަލް ހައުސިން ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެންނަނީ

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނުޕޮރުގުރާމެއް ހިންގައިފި

hulhumale

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި