ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

އެންމެ ގާބިލު ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓީކެޓުގައި: ފަލާހު

ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ފަރާތުން ފުވައްމުލަކު ސިޓީގެ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ގާބިލުކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލު އިންތިހާބަށް އެ ޕާޓީގެ ކެމްޕެއިން ފުވައްމުލަކުގައި ފެށުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ފުވައްމުލަކު ސިޓީގެ މޭޔަރުކަމަށް ކޮންގުރެސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓު ވަރަށް ސާފުކޮށް އެ ސިޓީގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރައްވާނެ ގޮތް ވިދާޅުވެދެއްވާފައިވާ ކަމަށެވެ.

“އަޅުގަނޑުމެންނަށް ފުވައްމުލަކު ސިޓީގެ ހުރިހާ މަގާމުތަކަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ގާބިލުކަމާމެދު އެއްވެސް ޝައްކުކަމެއް ނެތް،” ފަލާހު ވިދާޅުވިއެވެ.

ޕީއެންސީއަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ޕާޓީކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެ ޕާޓީގެ ޓިކެޓުގައި ކަމަށެވެ. އަދި އެ ޕާޓީއަކީ މިވަގުތު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި އަދި ރަށެއްގައި ރައްޔިތުންނަށް ހިދުމަތްކުރުމަށް އެންމެ ގާބިލު ކެންޑިޑޭޓުން ނެރުނީވެސް އެ ޕާޓީންކަމަށް ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީގެ އަމިއްލަ ވެރިކަމުގައި، އެ ޕާޓީއަށް ނިސްބަތްވާ ކައުންސިލުތައް އޮތް ރަށްރަށުގައި، އެ ކައުންސިލުތަކުގެ ޒިންމާދާރުކަން ކުޑަކަމުން ތަރައްގީގެ މަޝްރޫއުތައް ހިންގާފައި ހުރީ ވަރަށް ފެންވަރު ދަށްކޮށްކަން ފާހަގަކުރައްވަމުން، އޭނާ ނިސްބަތްވެވަޑައިގަންނަވާ ރ.އަތޮޅުގެ ރަށްތަކުންް މިސާލު ދައްކަވައި އެ އަތޮޅުގެ ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ހުރީ ހިދުމަތް ފެށުމުގެ ކުރިން ހަލާކުވެފައި ކަމަށް ފަލާހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ކަންކަން ރާވައިގެން، އެކަންކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައިގެން މަސައްކަތްކުރާ ސަރުކާރެއްކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ ކުރީ ވެރިކަމުގައި ފެށިފައި ހުރި އެއްވެސް މަޝްރޫއެއް ނިންމުމަށް ބޭނުންވާ ފައިސާ ހޯދިފައި ނެތް ކަމަށެވެ.

“އަޅުގަނޑުމެންގެ މިސަރުކާރު، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، މިހީވާގި ކެބިނެޓާއި، ކުންފުނިތަކުގެ ވެރިންނާއި، ދައުލަތުގެ ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށްގެން ޕްރޮޖެކްޓުތައް ހިންގަން ރާވަނީ، ޕްރޮޖެކްޓުތައް ހިންގައި ނިންމޭ މިންވަރަށް ފައިސާ ހޯދައި ބަޖެޓުކޮށްގެންނޭ ފަށަނީ،” ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ ކޮންގުރެސް ޕާޓީން ކައުންސިލު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް އެންމެ ބާރު ދުވެލީގައި ކުރިއަށްގެންގޮސް ރަނުން ރަނަށް ނިންމަވައިލެއްވުމަށް އެދިވަޑައިގަންނަވާތީ ކަމަށެވެ.

ފުވައްމުލަކު ރައްޔިތުން ބޭނުންވާ ގިނަަ މަސައްކަތްތަކެއް މިހާރު ފެށިފައި ހުރިކަން ފާހަގަކުރައްވަމުން ފަލާހުވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން އެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސް ނިންމައިދޭނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ފަލާހު އެދިވަޑައިގަތީ ހުރިހާ ސިޓީތަކެއްގެ މޭޔަރުންނާއި ކައުންސިލަރުންނާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވައި ރައީސް ޑރ.މުޢިއްޒަށް އިތުބާރުކޮށްދެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Mahamoodhu
Neygegne Falaah. Ammense hageegath

ގުޅުންހުރި

PNC

ދިއްދޫ އަދި މަންދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެ

ކޮންގްރެސްގެ ރަޖިސްޓްރާއަކަށް ޝަކީލް، ޑެޕިއުޓީއަކަށް ޙަމްދާން

ކައުންސިލް އިންތިހާބު ކެމްޕެއިނަށް މާލޭ ސިޓީގެ “ދޮރުން ދޮރަށް” ހަރަކާތެއް ފަށައިފި

ވިލިމާލޭގައި ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވައިފި

TTH_advertisement