ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުން ގުޅާލައިފި

66

ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރު ފަތުރުގެ ނިޒާމަކުން ޤައުމީ އެއާލައިން، މޯލްޑިވިއަންއިން ގުޅާލައިފިއެވެ.

އާދީއްތަ ދުވަހުން ފެށިގެން އެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވީ، މި އޮޕަރޭޝަންގެ ބޭސްއަކަށް ހަދާފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓް ކަމަށެވެ. އަދި މިއީ އައިލެންޑު އޭވިއޭޝަންގެ ތާރީޚުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި އިތުރު އޮޕަރޭޝަން ބޭސްއެއްގެ ގޮތުގައި ކަނޑައެޅި ފުރަތަމަ އެއާޕޯޓް ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން އިޔާސް ވަނީ، ފުރޮޅުލީ ޓްވިން އޮޓަރ މަތިންދާ ބޯޓުގައި ޝެޑިއުލް ކޮމާރޝަލް ފްލައިޓުގެ ޚިދުމަތް ފަށާ ފުރަތަމަ އެއާލައިނަކީ މޯލްޑިވިއަންކަންވެސް ފާހަގަކުރައްވާފައެވެ.

އިޔާސް ވިދާޅުވީ، އައްޑޫއަކީ ފަތުރުވެރިކަމުގައިވެސް ފާހަގަކޮށްލެވޭ ސަރަޙައްދަކަށްވާތީ ވައިގެ މަގުން 4 އަތޮޅު ގުޅާލުމަކީ، މި ސަރަޙައްދުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަސައްކަތާއެކު މި ސަރަޙައްދުގެ ރަށްތަކަށް ދަތުރު ކުރުމުގައި ދިމާވާ ދަތިތައް ޙައްލުވެގެންދާނެ ކަމަށްވެސް އިޔާސް ވިދާޅުވިއެވެ.

” މޯލްޑިވިއަންއިން މިހާރުވެސް ހަފްތާއަކު 2 ދުވަހު ގަން މާލެއަށް ދަތުރުކުރޭ. މި އިފްތިތާޙުކުރެވޭ ޚިދުމަތާއެކު ދެކުނުގެ ހުރިހާ އަތޮޅުތަކެއް ގުޅާލެވިގެންދާނެ. މި ސަރަޙައްދުގެ ރައްޔިތުންގެ ގުޅުން ބަދަހިވެ، އިޖުތިމާޢީ ގޮތުން ކުރިއެރުން އަންނާނެ. މި ސަރަޙައްދަކީ ފަތުރުވެރިކަމުގައިވެސް ފާހަގަކޮށްލެވޭ ސަރަޙައްދަކަށް ވުމާއެކު މި ދަތުރުތަކާއެކު މި ސަރަޙައްދަށް ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ” އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަނުން މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ، 5 ސެކްޓަރ ނުވަތަ ރޫޓަށް ބަހާލައިގެންނެވެ. އެއީ، އައްޑޫ ގަމުން ގދ. ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓުގެ އިތުރުން ފުވައްމުލަކަށް ދަތުރު ކުރާ ގޮތަށާއި ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް ދެވޭ ގޮތަށެވެ. ދަތުރުތަކަށް އަގުތައް ކަނޑައަޅާފައިވަނީ 500ރ އިން ފެށިގެންނެވެ.

މޯލްޑިވިއަންގެ ދެކުނުގެ ދަތުރުތަކާއި އަގުތައް

• ގަން – ފުވައްމުލައް – 500ރ

• ފުވައްމުލައް – ކޫއްޑޫ – 650ރ

• ފުވައްމުލައް – ކާޑެއްދޫ – 650ރ

• ގަން – ކާޑެއްދޫ – 900ރ

• ގަން – ކޫއްޑޫ – 900ރ

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، މޯލްޑިވިއަންގެ އެންމެ ކުދި ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ ޓްވިން އޮޓަރ މަރުކާގެ ބޯޓުތަކުގައެވެ. މިއީ، 15 މީހުންގެ ޖާގައިގެ ކުދި ބޯޓުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލެއާއި ޑާކާއާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަލުން ފަށައިފި

Oo

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް: ޓްރިވަންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ

ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީތެރިވުމަށް އައިލެންޑް އޭވިއޭޝަނާއެކު އެއްބަސްވުމެއް

ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި