ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

778

ބ. އޭދަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދުވަސްވީ މީހަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

މި މަހުގެ 15 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުންދަނިކޮށް މަރުވީ އޭދަފުށީ، ސީސަންގޭ، އަބްބޫކަރު އަބްދުالله އެވެ.

އުމުރުން 83 އަހަރުގެ އަބޫބަކުރު މަރުވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު އެވެ.

އޭނާގެ ޖަނާޒާ މިއަދުގެ އަސްރު ނަމާދަށްފަހު ވަނީ ބާއްވާފައެވެ.

އަބޫބަކަރަށް ސީރިއަސް އަނިޔާތަކެއްވި އެކްސިޑެންޓު ހިނގީ އޭނާ މަޣްރިބު ނަމާދަށް ފަހު، އަސާގަނޑެއްގެ އެހީގައި މަގުމަތީ ހިނގާފައި ދަނިކޮށް ޕިކަޕެއްގައި ޖެހިގެންނެވެ.

އެ ޕިކަޕްގައި އޭނާ ޖެހި، އޭގެ ދަށުވެ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. ޕިކަޕްގެ ދަށުން އޭނާ ނަގައިގެން ފުރަތަމަ ގެންދިޔައީ ބ. އަތޮޅު ހޮސްޕިޓަލަށެވެ. ނަމަވެސް ހާލު ސީރިއަސްކަމުން އިތުރު ފަރުވާއަށް މާލެ ގެނައީއެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ޕިކަޕް ދުއްވި މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

WhatsApp Image 2026 03 07 at 00.18.07

ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކަށް ފަރުވާދެނީ

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

Laamu link road

ލާމު ލިންކުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެެއްޖެ