ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުން ނަގާ ފީ 50 އިންސައްތަ ކުޑަކޮށްދީފި

ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުން ނަގާ ފީ 50 އިންސައްތަ ސަރުކާރުން ކުޑަކޮށްދީފިއެވެ.

ފީތައް ކުޑަކޮށްފައިވާކަން ހާމަކުރީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އާއްމުކުރި އިޢުލާނެއްގައެވެ.

އެ އިދާރާއިން ބުނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރުމަށް ޢަމަލުކުރަމުންގެންދާ “ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގައި އިންތިޤާލީ އުޞޫލު” ބަޔާންކުރާ ޤަވާއިދުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުންގެންދާ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުމަށް ޖަނަވަރީ 28 އިން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަކަށް ޢަމަލުކުރަން ނިންމާފައިވާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ނަގާ ފީ 50 އިންސައްތަ ކުޑަކުރިއިރު، އެތަންތަނުން ދޭ ޚިދުމަތް ވެސް އެމްއެފްޑީއޭއިން އަންނަނީ މޮނިޓަރ ކުރަމުންނެވެ. އެގޮތުން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި 1،010 ތަނެއް ބަލައި އޭގެތެރެއިން 70 ތަނެއް ވަނީ މިދިޔަ އޮކްޓޫބަރު މަހު ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ބަންދު ކޮށްފި

health ministry

ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މުޅިން އަލަށް 363 ބޭހެއް ރަޖިސްޓަރކޮށްފި

health ministry

ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފި

health ministry

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި