ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

school darivarun

ބޮޑު ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ސަރުކާރުގެ 219 ސްކޫލެއްގެ ކިޔެވުން މިއަދު ފެށިއިރު، ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، އެ ސްކޫލުތަކުގައި 80،715 ދަރިވަރުން ތައުލީމު ހާސިލުކުރާނެއެވެ. އެ 219 ސްކޫލުގައި 9،952 ޓީޗަރަކު ތައުލީމު ދިނުމުގެ މަސައްކަތް ކުރާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި މިއަހަރު ގްރޭޑް އެކެއްގައި ކިޔެވުމަށް 4،790 ދަރިވަރުންވަނީ ސަރުކާރު ސްކޫލްތަކުގައި އެދިފައެވެ. އޭގެ ތެރެއިން 3،042 ދަރިވަރުންނަކީ ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށާއި 1،748 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށެވެ.

ރަށްރަށުން މިއަހަރު މާލެއަށް 1،530 ދަރިވަރުން ބަދަލުވި ކަމަށާއި، ހުޅުމާލެއަށް ބަދަލުވެފައިވަނީ 836 ދަރިވަރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

27 ޖެނުއަރީ 2026، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާތީ ދަރިވަރުން ސްކޫލަށް ދަނީ —- ވަން ފޮޓޯ: ހަމްދާން އަހުމަދު
މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ މިޑް ބްރޭކް ލިބޭނީ މެއި 24 އިން 30 ކަމަށް ދިރާސީ ކަލަންޑަރުގައިވެއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓު އެކަކަށްކަމަށް ދިރާސީ ކަލަންޑަރުގައިވެއެވެ.

މިދިޔަ އަހަރުގެ ދިރާސީ އަހަރު ނިންމައި ރިޕޯޓު ފޮތް ދީފައިވަނީ ޑިސެމްބަރު 25 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ahmadiyaa school

އޭލެވެލް މޭ/ޖޫން އިންތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

students

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ހުޅުވާލައިފި

students exam

އޯ ލެވެލް އޮކްޓޯބަރުގައި ހަދާގޮތަށް އަނެއްކާވެސް ބަދަލުކޮށްފި

“ޝަހީދު ޢަލީ ސްކޫލް” ގައި މިއަދު ކިޔަވައިދޭން ފަށައިފި