ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލް އިންތިހާބަށް ވާދަކުރަން 1700 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

Election commission
TTH_Ads
STO_Ads
Advertisement

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން މިހާތަނަށް 1700 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މި އިންތިހާބުތަކަށް ކުރިމަތިލާން އީސީން ހުޅުވާލީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އަންނަ އާދިއްތަ ދުވަހުގެ މެންދުރު 3:00 ހާއިރު ނިމޭ ގޮތަށް ކަނޑައަޅާފައިވާ ފޯމު ހުށަހެޅުމުގެ މުއްދަތުގައި މިހާތަނަށް ލޯކަލް ކައުންސިލަށް ކުރިމަތިލާން މިއަދުގެ ހެނދުނު 10:00 އާ ހަމައަށް 1010 ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަލާއިރު، 734 ފޯމު ހުށަހަޅާފައިވެއެވެ.

ލޯކަލް ކައުންސިލަށް ހުށަހަޅާފައިވާ 1010 ފޯމުގެ ތެރެއިން 750 ފޯމު ޝަރުތު ހަމަވާ ފޯމުތަކެއްކަމަށް އީސީން ބުނެއެވެ. އޭގެ ތެރެއިން 617 ފޯމު ހުށަހެޅީ ސިޔާސީ ޕާޓީތަކުންނަމަ، 133 ފޯމު ހުށަހަޅާފައިވަނީ އަމިއްލަ ގޮތުންނެވެ. މީގެ އިތުރުން 183 ފޯމު ޝަރުތު ހަމަނުވާ ފޯމުތަކެއްކަމަށާއި، އޭގެ ތެރެއިން 113 ފޯމު ހުށަހެޅީ ސިޔާސީ ޕާޓީތަކުންކަމަށާއި، 70 ފޯމު ހުށަހެޅީ އަމިއްލަ ގޮތުން ކުރިމަތިލާ މީހުންކަމަށް އީސީން ބުންޏެވެ. މީގެ އިތުރުން ޝަރުތު ހަމަނުވެގެން އަލުން ހުށަހެޅި 77 ފޯމު ވެސް ވަނީ ހުށަހަޅާފައެވެ.

HajjCop_ads
Advertisement

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަލާއިރު، މި މުއްދަތުގައި ހުށަހަޅާފައިވާ 734 ފޯމުގެ ތެރެއިން 574 ފޯމު ޝަރުތު ހަމަވާ ފޯމުތަކެއްކަމަށް އީސީން ބުނެއެވެ. އޭގެ ތެރެއިން 488 ފޯމު ހުށަހެޅީ ސިޔާސީ ޕާޓީތަކުންނަމަ، 86 ފޯމު ހުށަހެޅީ އަމިއްލަ ގޮތުންނެވެ. ޝަރުތު ހަމަނުވާ 126 ފޯމު ވެސް އެ އަދަދުގެ ތެރޭގައި ހިމެނޭ ކަމަށް އީސީން ހާމަކުރިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައި އިލެކްޝަން: ސައީދަށް ކެންޑިޑޭޓު ނަންބަރު 1، ސާދިގަށް ކެންޑިޑޭޓު ނަންބަރު 2

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިއަދު

Yameen PNF

ޕީއެންއެފްގެ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލު ތަކުރާރުވާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

Election commissioner

އެމްޑީޕީއާ ޕީއެެންއެފްގެ ހަރަކާތްތައް ޤާނޫނީ އިމުން ބޭރަށް، އީސީގެ ނަސޭހަތުގެ ސިޓީއެއް