ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގްރޭޓަރ މާލޭ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ ޢަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މާލެ ސަރަހައްދުގެ ޖާގަ ތަނަވަސް މިސްކިތްތައް ފިނިކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރޭޓަރ މާލޭ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ ޢަމަލީ މަސައްކަތް ސްޓެލްކޯއިން ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތަކީ 800 މީހުންނަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގައިގެ ހުރިހާ މިސްކިތެއް އެއާކޮންޑިޝަން ކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ ގުޅިގެން ސްޓެލްކޯއިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް، ސްޓެލްކޯ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން މިއަދު ވަނީ ބައްލަވާލައްވާފައެވެ.

މިސްކިތްތައް ފިނިކުރުމުގެ މަސައްކަތުގެ އިތުރުން، ސްޓެލްކޯގެ އިސްވެރިން މިއަދު ވަނީ ހުޅުމާލެއަށް ވަޑައިގެން، ކަރަންޓުގެ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ. ޚާއްޞަކޮށް މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެންދާނެތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން “ޕީކް ހޭންޑްލިންގ” އަށް ވާންޖެހޭ ތައްޔާރީތައް އެ ކުންފުނިން އަންނަނީ ވަމުންނެވެ.

މިގޮތުން މާލެ ސަރަހައްދުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، 2 އެމްވީއޭގެ 15 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ ޑިމާންޑް ބޮޑުވާ ވަގުތުތަކުގައިވެސް ރައްޔިތުންނަށް ދަތިކަމަކާ ނުލައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދިރާސާ
ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް 100 ޕަސެންޓް ބެލެހެއްޓުން ހަވާލު ވާންވީ މިނިސްޓްރީއިން ކަރަންޓް ބިލް އިމާމުން މަސައްކަތމީހުން މަރާމާތު ހިންގުންވެސް ކޮންމެ ރަށެއްގައި އިސްލާމިކް މިނިސްޓްރީގެ ޔުނިޓެއްހަދަންވި އަދި އެތަން ހިންގަން ޑެޕިއުޓި މިނިސްޓަރަކު ހަމަޖައްސާފަ ބަހައްޓަންވީ އޭރުން ދޯ މިކަންތައް ދެކޮޅު ޖެހޭ ކަމަކަށްވާނި

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި