ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލެބޯޓަރީގެ ޚިދުމަތް ފަށައި ހުޅުދެލީ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

Ii

ދ. ހުޅުދެލި ޞިއްޙީ މަރުކަޒުގައި މުހިންމު 3 ޚިދުމަތެއް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ފަށްޓަވައިދެއްވައިފިއެވެ.

މިއަދު ކުރިއަށް ދިޔައީ ހުޅުދެލި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅުމާއި، ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ އިތުރުން، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް 16 ގަޑިއިރަށް ބަދަލުކުރުމެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ މިއަދު އިފްތިތާހުކުރެވުނު ޚިދުމަތްތަކަކީ ހުޅުދެލި ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ޚިދުމަތްތަކެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހުޅުދެލި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ހޯދުމަށް މީގެ ކުރިން ދަތުރުކުރަން ޖެހުނު ޖެހުމަށް ނިމުމެއް އަންނާނެ ކަަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

“މިއަދަކީ ހުޅުދެއްޔަށް ވަރަށް އުފާވެރި ދުވަހެއް. އެއް ދުވަހެއްގެ ތެރޭގައި ތިން ޚިދުމަތެއް އިފްތިތާހުވެގެން މިދިޔައީ. ވަރަަށްވެސް މުހިންމު ޚިދުމަތްތަކެއް.” ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަނުން ލެބޯޓަރީގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި

14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް