ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މާލޭ ސިޓީގެ ‘ދޮރުން ދޮރަށް’ ހަރަކާތް ރަސްމީކޮށް ފަށައިފިއެވެ. މި ހަރަކާތް ފަށްޓަވައިދެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، ޕީއެންސީގެ ފަރާތުން ރާއްޖޭގެ ހުރިހާ ދާއިރާތަކަކަށް ކަހަލަ ގޮތަކަށް ކެނޑިޑޭޓުން ވާދަކުރާ ކަމަށެވެ. އަދި މާލޭގައި ފެށި މި ހަރަކާތާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި ތިއްބެވި އެ ޕާޓީގެ ކެނޑިޑޭޓުން ވެސް ވަރުގަދައަށް ދޮރުން ދޮރަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވާ ރައީސްކަން ފާހަގަކުރައްވައި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ހާލު ބައްލަވައިގެން ކަމަށް ފަލާހް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު