ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުމަށް ސޮއިކޮށްފި

ހުޅުމާލޭގެ ފޭސް އެކެއް، ފޭސް ދޭއް އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމަށް ސޮއިކޮށްފިއެވެ.

ގްރޭޓާ މާލޭގެ އެ ތިން ސަރަހައްދުގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުމަށް ސަރުކާރުގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް އެކެއް، ފޭސް ދޭއް އަދި ވިލިމާލެ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި އެމްއޭސީއެލް އާއިއެކު އިއްޔެ ވަނީ ސޮއިކޮށްފައި ކަމަށެވެ.

އެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ރާފިއު ކަމަށާއި އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކޮށް ރައްޔިތުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

Raafiu

ރައީސްގެ ތަސައްވުރު ޙާސިލުކުރެވޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަރުންނަށް: ރާފިޢު

98

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި