ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!

އިސްތިއުމާރީ ދައުލަތުގެ ބުލްޑޯޒަރުތަކުން އިމާރާތްތައް ސުންނާފަތި ކުރަނީ:

ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ ޚާއްސަ އޭޖެންސީ، އަންރުވާގެ ގުދުސްގައި ހުންނަ މައި ހެޑްކްއާޓަރަށް އިސްތިއުމާރީ ޓެރަރިސްޓުން ބުލްޑޯޒަރުތަކާއެކު ވަދެގަނެ އިމާރާތްތައް ތަޅައި ބިމާހަމަކުރަން ފަށައިފިއެވެ.

ގުދުސްގައި ހުންނަ އަންރްވާގެ ހެޑްކްއާޓަރު ހުންނަ ބިމަކީ، އެ އޭޖެންސީގެ އެތައް އިމާރާތެއް ހުންނަ ބިމެކެވެ.

އެތަނަށް އިސްތިއުމާރީ ޓެރަރިސްޓު ސިފައިން ބުލްޑޯޒަރުތަކާ އެކު ވަދެގަނެ އެތައް އިމާރާތެއް މިއަދުވަނީ ތަޅައި ބިމާހަމަ ކޮށްލާފައެވެ. އެ މަންޒަރު ބަލަން އިސްތިއުމާރީ އިސްރާއީލުގެ ޕާލަމެންޓް މެމްބަރުންނާއި، ޒަޔަނިސްޓު ދައުލަތުގެ ވެރިން ގޮސް ތިއްބެވެ. އަދި އެކަމާ އުފާފާޅުކުރަމުން ގޮސްފައި ވެއެވެ.

އެކަން ކުރަން ގޮސް އެންމެ އިސްކޮށް ހުރީ، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ، ޓެރަރިސްޓުން ބެން ގްވީރެވެ.

މި މަންޒަރުތައް އިސްރާއީލުގެ ޓީވީތަކުން ވަގުތުން ދުރަށް ދައްކަމުންވެސް ގެންދިޔައެވެ.

މިއީ، އދގެ ޗާޓަރާއި، ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ކުރަމުންދާ ކަމެއް ކަމަށްބުނެ އދއިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި އދގެ އިމާރާތްތަކާއި މުދަލަކީ ރައްކާތެރިކަން ލިބި، ހިމާޔަތް  ލިބިގެންވާ ތަންތަނާއި މުދާ ކަމަށްވެސް ބުނެފައި ވެއެވެ.

އަންރްވާއަކީ ފަލަސްތީނު ރެފިއުޖީންނަށް ބޭހާއި، ކާބޯތަކެއްޗާއި، ބޯހިޔާވަހިކަން ފޯރުކޮށްދެމުން ގެންދާ އދގެ ޖަމާއަތެވެ.

އެ ޖަމާއަތް ޣައިރުގާނޫނީ ކުރަން އިސްރާއީލުން ވަނީ އެތައް ގާނޫނެއް ފާސްކޮށްފައެވެ.

ގުދުސްގައި ހުންނަ އަންރްވާގެ މައި ހެޑްކްއާޓަރު ތަޅައި ބިމާހަމަ ކުރަން ފަށާފައި ވާއިރު، ގުދުސްއާއި ފަލަސްތީނުގެ އެހެން ރަށްތަކުގައި ހުރި އަންރްވާގެ ތައުލީމާއި، ސިއްހީ ޚިދުމަތްދޭ ހުރިހާ އިމާރާތަކުން ފެނާއި ކަރަންޓް ކަނޑާލަންވެސް އިސްރާއީލުންވަނީ ގާނޫނެއް ފާސްކޮށްފައެވެ.

އަދި އެކަން ކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އަންރްވާގެ އިމާރާތްތައް ތަޅައި އަދި ޚިދުމަތް ހުއްޓާލަން އަމުރުކޮށް އަދި ބައެއް އިމާރާތްތައް އިސްތިއުމާރީ ބާރުން ހިފާފައިވަނީ، އެ އޭޖެންސީގެ މަސައްކަތަށް ހުރަސްއަޅައިގެން ނުވާނޭ ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން އަމުރު ކޮށްފައި ވަނިކޮށްވެސް މެއެވެ.

އދގެ ޗާޓަރާއި، ދުނިޔޭގެ ގާނޫނުތަކާ ޚިލާފަށް އިސްތިއުމާރީ ބާރުން ސީދާ އދއަށް ހަމަލާތައް ދެމުން މިގެންދަނީ އެމީހުންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނޭކަން އެނގޭތީއެވެ. އިސްރާއީލުގެ ހިމާޔަތުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތައް އޮތްކަން އެނގޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އީރާނާއި ހިޒްބުﷲ ގުޅިގެން ތެލް އަވީވް ސުންނާފަތިކުރަނީ، މަގެއްމަތިން މީހަކުވެސް ނުފެނޭ، ރޭގައި ދިނީ ތަފާތު ހަމަލާތަކެއް

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް