ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއައިޓީޑީސީ އުވާލުމަށް ކުރަންޖެހޭ މަސައްކަތްކަތްތައް ކުރާނެ ބަޔަކު ހޯދަނީ

Izaam

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލަން ކުރަން ޖެހޭ ލިކްއިޑޭޝަން މަަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެމްއައިޓީޑިސީ އުވާލުމުގެ މަަސައްކަތަށް ޝައުގުވެރިވާ ފަރާތްތަަކުން ޖެނުއަރީ 29 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އަށް އެ މިިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން އެދޭ ކަމަށެވެ.

އެމްއައިޓީސީ އުވާލުމުގެ މަސައްކަތާ ހަވާލުވާ ބަޔަކު ކުރަން ޖެހޭނެ މަަސައްކަތްތަކުގެ ލިސްޓެއް، އެ އިއުލާނާ އެކު ގެޒެޓްކޮށްފައިވެ އެވެ.

ކުރަން ޖެހޭނެ މަސައްކަތްތައް

  • އެމްއައިޓީޑީސީގެ މުދަލާއި ފައިސާ ރެކޯޑްތަކުގެ ކޮންޓްރޯލް ނަގައި އެ ތަކެތި އަގުމަގުކުރުން
  • ކުންފުނީގެ ދަރަނީގެ ހިސާބުތައް ދެނެގަނެ، ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން
  • ލިކްއިޑޭޝަން މަސައްްކަތްތައް ނިމުމާ އެކު ކުންފުނި އުވާލުމުގެ މަރުހަލާ ފުރިހަމަކުރުން

އެމްއައިޓީޑީސީގެ ހާލަތު ބަލަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި ހާއްސަ އޮޑިޓަކަށް ފަހު މިދިޔަ އަހަރު ނެރުނު އޮޑިޓް ރިޕޯޓެއްގައިވާ ގޮތުން އިން 52.35 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އެކުންފުނިން ފެށި ތިން މަޝްރޫއެއްގެ މަސައްކަތް ހުރީ ނުނިމި ހުއްޓިފަ އެވެ.

2016 ވަނަ އަހަރު އުފެއްދި ކުންފުނިން 2021 ވަނަ އަހަރުގެ ނިޔަލަށް ތިން މަޝްރޫއެއް ފެށިއެވެ. ލ. ބަރެސްދޫ އިންޓެގްރޭޓެޑް ރިސޯޓް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި ކ. ކާށިދޫގައި ކުރިއަށް ގެންދިޔަ ކާށިދޫ ޓޫރިސްޓް ވިލެޖް ޕްރޮޖެކްޓް އަދި ކ. އަތޮޅުގެ 10 ފަޅެއް ހިއްކައި ތަރައްގީ ކުރުމަށް ހިންގި ޕްރޮޖެކްޓް “ޕާމް” އަށް ޖުމްލަ 52.35 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

finance

ބަޖެޓު ސާޕްލަސް 1.9 ބިލިއަން ރުފިޔާއަށް އަރައިފި

finance

މުދާ އެތެރެކުރާވަރަށް ރިޒާވްގައި ބޭރުފައިސާ އެބަހުރި: ފިނޭންސް

ރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކްއެއްގައި ސޮއިކޮށްފި