ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްދީފި

Ii

އަތޮޅުތަކުގެ 56 ރަށެއްގެ ސިއްޙީ މަރުކަޒުތަކަށާއި ހޮސްޕިޓަލް ތަކަށް އެމްބިއުލައިންސް ހަވާލުކޮށްދީފިއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ޚާއްސަ ރަސްމިއްޔާތެއްގައި އަތޮޅު ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކާ އެމްބިއުލާންސް ގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް އަމިއްލަފުޅަށް ނޯޓު ކުރައްވަމުން ގެންދެވިކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާބާދީ ބެހިފައިވާގޮތުންވެސް ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ދިމާވާކަމަށާއި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ލިބި އެހެންނަމަވެސް މެއިންޓަނަސް ނުކުރެވުމުގެ ސަބަބުން ހަލާކުވެފައި އެބަހުރިކަމަށެވެ.

56 ރަށަކަށް އެމްބިއުލާސް ގެނައުމުގެ މި މަޝްރޫއަށް 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި މަސައްކަތް އެމްޕީއެލް އާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު 3 ބުރަކަށް ބަހާލައިގެން އެމްޕީއެލްއިން ވަނީ މި މަހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެއަށް ގެނެސްފައެވެ.

މިނިސްޓަރު ވިދާޅުވީ އެމްޕީއެލްއާއި އެކުވެފައިވާ އެއްބަސްވުމުގެ ދަށުން އެ އެމްބިއުލާންސްތައް މެއިންޓެނެންސްކުރުމުގެ އެންމެހާ މަސައްކަތްވެސް އެމްޕީއެލްއިން ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އާ އެމްބިއުލާންސްތަކަކާއި، ގްރޭޓާ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި

14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި

މި އަހަރު 6 ހޮސްޕިޓަލެއް ހުޅުވައި، ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނަނީ

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ރާއްޖެއަށް ވުޖޫދީ ކަމެއް: ރައީސް