މާލޭގެ މަޖިދީމަގުގައި އަލުން ތަރައްގީކޮށްފައިވާ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް އަންނަ ރަމަޟާން މަހުގެކުރިން ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީތެރިކަމާ އެކު އެ މިސްކިތް އިމާރާތްކުރަން ފެށީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ޝަހީމް ވިދާޅުވީ ބަރުބަރީ މިސްކިތުގައި އަންނަ ރަމަޟާން މަހު ނަމާދު ކުރެވޭނެ ކަމަށެވެ.
ތިން ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އަންނަ ރަމަޟާން މަހުގެ ކުރިން ރާއްޖޭގައި ޖުމްލަ 15 މިސްކިތެއްގެ މަސައްކަތް ނިންމާ، ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު