ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިޗުއްޓީގައި އެކަނިވެސް މެލޭޝިއާ އާއި ތައިލެންޑަށް 2،000އަށް ވުރެ ގިނަ ފަސިންޖަރުން އުފުލައިފި

Maldivian

ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަން އިން ކުރި ބައިނަލްއަގުވާމީ ދަތުރުތަކުގައި މެލޭޝިއާ އާއި ތައިލެންޑަށް 2،000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާ ކަމަށް އެ އެއާލައިނުން ހާމަކޮށްފިއެވެ. ގިނަ ފްލައިޓުތައް ފުލްކޮށް ދަތުރުކޮށްފައިވާއިރު، އާންމުންގެ ބޮޑު ތަރުހީބެއް މި ދަތުރުތަކަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ބައިނަލްއަގުވާމީ ދަތުރުތަކުގެ ތެރެއިން އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންގެ އިތުރުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ވެސް ހާއްސަ ދަތުރުތަކެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބާރުބޮޑުވި މި ދުވަސްވަރު 500 އަށް ވުރެ ގިނަ ޑޮމެސްޓިކް ދަތުރުތަކާއި ސީޕްލޭން ދަތުރުތައް ވެސް ވަނީ އިތުރުކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މި މަހުގެ ނިޔަލަށް މޯލްޑިވިއަން އިން ދަތުރުކުރާ 17 މަންޒިލަކަށް ޖުމްލަ 3،700 އަށް ވުރެ ގިނަ ފްލައިޓް ދަތުރުކުރާނެ ކަމަށް ލަފާކުރެވެއެވެ. މި ދަތުރުތަކުން ގާތްގަނޑަކަށް 197،000 މީހުންނަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މުޖުތާ
އެކަމަކުވެސް ފައިދާ އެއްނުވޭ ގެއްލުމުގައި ހިންގާތަނެއް ހަމައެކަނި ތައިލެންޑާއި މެލޭޝިޔާގެ ދަތުރު ކުރި ދެހާސް މީހުންގެ އަތުން ހަތަރުސަތޭކަ ޑްލަރު ނެގިޔަސް އައްލައްކަ ޑްލަރު ގެ ވާހަކަ ތިދައްކަނީ

ގުޅުންހުރި

Oo

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް: ޓްރިވަންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ

ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީތެރިވުމަށް އައިލެންޑް އޭވިއޭޝަނާއެކު އެއްބަސްވުމެއް

ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

maldivian

މޯލްޑިވިއަން އިން އޭޓީއާރް ދެ ބޯޓު ގެންނަން ނިންމައި ފައިސާ ހޯދަނީ