ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

Mm

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު 60 ޕަސެންޓަށް ވުރެ ބޮޑު ޕަސެންޓޭޖަކުން އާދަމް އާޒިމް ވަނީ ކުރި ހޯއްދަވާފައެވެ. އެހެންކަމުން މި ނަތީޖާއަށް ބަދަލުއައުމަކީ ނާދިރު ކަމެކެވެ.

އާދަމް އާޒިމާ ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.

އާދަމް އާޒިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ތާއީދު ކުރެއްވި ކެންޑިޑޭޓެވެ. އާދަމް އާޒިމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވި ކެންޑިޑޭޓެވެ.

މާލޭގެ މޭޔަރު ކަމަށް ވެރިކަންކުރާ ޕީއެންސީން ވާދަކުރައްވަނީ ގައުމީ ބަތަލު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު