ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށް ބޮޑު ތަރުޙީބެއް

Maldivian

ސްކޫލް ބަންދާއި އަހަރު ނިމޭ ޗުއްޓީއާ ދިމާކޮށް، ޤައުމީ އެއާލައިން މޯލްޑިވިއަނުން މެލޭޝިއާގެ ކުއާލަލަމްޕޫރަށާއި ތައިލެންޑުގެ ބެންކޮކަށް ކުރި މޫސުމީ ބައިނަލްއަޤްވާމީ ދަތުރުތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް އެ އެއާލައިނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ޗުއްޓީ ދުވަސްވަރު ދަތުރުވެރިންގެ ބޭނުންތަކަށް އަމާޒުކޮށްގެން ފެށި މި ދަތުރުތަކުގައި ގިނަ ފްލައިޓްތައް އޮޕަރޭޓް ކޮށްފައިވަނީ ފުރިގެންނެވެ. އެގޮތުން، ކުއާލަލަމްޕޫރު އަދި ބެންކޮކް މަގުން ޖުމްލަ 2,120 އަށްވުރެ ގިނަ ފަސިންޖަރުން މި މުއްދަތުގެ ތެރޭގައި ދަތުރުކޮށްފައިވެއެވެ. މިއީ ޗުއްޓީ ހޭދަކުރުމަށާއި، ވިޔަފާރި ދަތުރުތަކުގެ އިތުރުން އެހެން މަންޒިލްތަކަށް ދަތުރުކުރުމަށް ދިވެހިންގެ މެދުގައި މި ދެ ސަރަޙައްދަށް އޮތް ބޮޑު ޑިމާންޑް ހާމަކޮށްދޭ ކަމެއް ކަމަށް އެ އެއާލައިނުން ފާހަގަކުރެއެވެ.

ބައިނަލްއަޤްވާމީ ދަތުރުތަކުގެ އިތުރުން، އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރާ ދަތުރުތައްވެސް ވަނީ އިތުރުކޮށްފައެވެ. އަދި ޗުއްޓީގައި އުމްރާގެ އަޅުކަމަށްދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ސައުދީ އަރަބިއްޔާގެ ޖިއްދާއަށްވެސް އިތުރު ފްލައިޓްތަކެއް ވަނީ ބާއްވާފައެވެ.

އެތެރޭގެ އުދުހުންތަކަށް ބަލާއިރު، ޑިސެންބަރު މަހުގެ މެދުތެރެއިން ފެށިގެން ޖެނުވަރީ މަހުގެ ނިޔަލަށް އިތުރު 500 އަށްވުރެ ގިނަ ފްލައިޓް މޯލްޑިވިއަނުން ވަނީ އޮޕަރޭޓް ކޮށްފައެވެ. އަދި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވުމާ ގުޅިގެން، ރިސޯޓުތަކަށް މީހުން އުފުލުމަށް ސީޕްލޭންގެ އޮޕަރޭޝަންތައްވެސް ވަނީ ވަރުގަދަކޮށްފައެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މި ކާމިޔާބީން ހާމަވަނީ ދަތުރުވެރިންގެ ބޭނުންތަކަށް ބަލައިގެން ދަތުރުތައް ރޭވުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ނަތީޖާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މާކެޓުގެ ޑިމާންޑަށް ބަލައި، ބައިނަލްއަޤްވާމީ އަދި އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒެއް ކަމަށް ޤައުމީ އެއާލައިނުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް: ޓްރިވަންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ

ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީތެރިވުމަށް އައިލެންޑް އޭވިއޭޝަނާއެކު އެއްބަސްވުމެއް

ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

maldivian

މޯލްޑިވިއަން އިން އޭޓީއާރް ދެ ބޯޓު ގެންނަން ނިންމައި ފައިސާ ހޯދަނީ