ކުއްލި ޚަބަރު

ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ޚާއްސަ ކެމްޕޭނެއް

މޫސުމީ ބަދަލުތަކާ ގުޅިގެން އެހީ ހޯދުމަށް އިނގިރޭސިވިލާތާ މަޝްވަރާކޮށްފި

ހދ، އަތޮޅު ކައުންސިލުން މުވައްޒަފުންނަށް ގަވާއިދާ ޚިލާފަށް ދީފައިވާ ފައިސާ ހޯދަން އަންގައިފި

އީރާނު މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދާ ގުޅޭގޮތުން އެތައް ވާހަކަތަކެއް، އީރާނުން އެއްޗެއް ނުބުނޭ

ވެރިރަށް ތެހެރާނުގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ މަންޒަރުތައް:

އިރާނު ސަރުކަރާ ދެކޮޅަށް އާންމުން ފެށި މުޒާހަރާތައް ހުއްޓުވަން، މުޒާހަރާ ކުރާ މީހުންގެ  ގަޔަށް އީރާނުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި މަރާލި މީހުންގެ އަދަދުތަކާ ގުޅޭގޮތުން ތަފާތު ރިޕޯޓްތައް ހާމަކުރަމުން އެބަ ގެންދެއެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން މަރުވި މީހުންގެ ރަސްމީ އަދަދެއް އީރާނު ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ، މުޒާހަރާ ތެރޭގައި ބަޑިހިފައިގެން އުޅުނު މީހުން ބަޑިޖަހައި މަރާލި ސަލާމަތީ އޮފިޝަލުންގެ އަދަދު ސަތޭކައިން މައްޗަށް އަރާ ކަމަށެވެ.

އީރާނުގައި އިއްޔެވަނީ، މުޒާހަރާގައި މަރުވި މީހުންގެ ޖަނާޒާތައް ބާއްވާފައެވެ. އީރާނު ސަރުކާރުގެ ޓީވީން ބުނެފައިވަނީ އިއްޔެ ކުރިއަށް ގެންދިޔައީ މުޒާހަރާގައި މަރުވި ސަލާމަތީ ބާރުތަކުގެ މީހުންނާއި އާންމުންގެ 300 މީހުންގެ ޖަނާޒާ ކަމަށެވެ.

އީރާނުގެ އިދިކޮޅު އެކްޓިވިސްޓުން ބުނަމުން ގެންދަނީ، ސަލާމަތީ ބާރުތަކުން ބަޑިޖަހައި ހާހަކަށްވުރެ ގިނަ އާންމުން މަރާލި ކަމަށެވެ.

އެމެރިކާގައި ގާއިމްވެފައިވާ އިންސާނީ ހައްގުތަކާބެހޭ ނިއުސް އޭޖެންސީއަކުން ބުނެފައިވަނީ، މުޒާހަރާގެ ތެރޭގައި މަރުވި މީހުންގެ އަދަދު 2،615 އަށް އަރާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އަސްކަރީ ހަމަލާދޭން އިންޒާރުތައް ދޭންފެށީ، އީރާނު މުޒާހަރާގައި އާންމުން މެރުން އިތުރުވަމުންދާ ކަމަށް ބުނެއެވެ.

އެތަކެއް އިންޒާރުތަކެއް ދިނުމަށްފަހު ޓްރަމްޕް ރޭގައި ބުނެފައިވަނީ، އީރާނުގައި މީހުން މެރުން މިހާރު ހުއްޓިއްޖެ ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޓްރަމްޕް މިހާރުވަނީ، އީރާނަށް އަސްކަރީ ހަމަލާއެއް ދޭން ބޭނުން ނުވާކަން އީރާނަށްވެސް އަންގާފައެވެ.

އެކަމަކު، އީރާނުގެ ވައިގެ ސަރަހައްދު މުޅީން ބަންދުކޮށް އީރާނުގެ ސަލާމަތީ ފައުޖުތައް ރެއިން ފެށިގެން ތިބީ ތައްޔާރީ ހާލަތުގައެވެ.

އީރާނު ސަރުކާރުން މިހާރުވަނީ އެގައުމުގައި ކުރިއަށްގެންދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތައް މުޅިން މައިތިރިކޮށް ކޮންޓްރޯލް ކޮށްފައެވެ.

ވެރިރަށް ތެހެރާނުގެ އިތުރުން، އީރާނުގެ އެކި ރަށްތަކުގެ މަގުތަކަށް ސަލާތީ ފައުޖުތައް ނުކުމެ ހުރިހާ ހިސާބެއްގައި ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަ ކޮށްފައި ވެއެވެ.

ފުލުހުން މަގުތަކުގައި ޗެކް ޕޮއިންޓް ޖަހާފައި ވާއިރު، އައިއާރްޖީސީގެ މެމްބަރުންވެސް ގެންދަނީ ރަށުތެރޭގައި ފޯރި މަރަމުންނެވެ.

މުޒާހަރާ ކުރަމުންދިޔަ އެންމެން މިހާރުވަނީ ގެތަކަށް ވަދެ ހިމާޔަތް ހޯދާފައެވެ.

ރަށުތެރޭގައި ހަމަނުޖެހުން ހިންގަން އުޅުނު އެންމެން އީރާނު ސަރުކާރުން ވަނީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ވެރިކަން ބަދަލުކޮށްލަން ދިގުލައިގެންދާ ހަމަލާތަކެއްދޭން އެމެރިކާ، އިސްރާއީލު ތައްޔާރުވަނީ

އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ ރައީސް ދެމުންގެންދިޔަ އިންޒާރުތަކުގެ ރާގު ބަދަލުވެއްޖެ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

އެމެރިކާގެ ޖާސޫސީ ބޯޓުތައް އިރާންމަތިން އުދުހެން ފަށައިފި، އީރާނު އަސްކަރިއްޔާ ތައްޔާރީ ހާލަތަށް

TTH_advertisement