ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު: ޝީޓްޕައިލް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރެއިން 85 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، މަގު ފުޅާކުރުމަށް ބިން ހިއްކުމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށާއި، ނަރުދަމާ އާއި ފެންހޮޅި އެޅުމުގެ މަސައްކަތްތައް އަންނަ ހަފްތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މީގެއިތުރުން، އިމާރާތްތަކާވީ ފަޅީގެ ދުވާރު ހެދުމުގެ މަސައްކަތާއި، ފެންހިންދާ ވަޅުތައް ބެހެއްޓުމުގެ އިތުރުން ކޭބަލް ޖަންކްޝަންތަކުގެ މަސައްކަތްތައް ވެސް އަންނަ ހަފްތާގެ ނިޔަލަށް ނިމޭނެކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރާނެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

އެމްޓީސީސީގެ އަމާޒަކީ ރޯދަމަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން