ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯޓު ލިސްޓަށް 315 ޝަކުވާ، ވޯޓުލުމަށް 621 ފޮށި

Election commission
STO_Ads
TTH_Ads
Advertisement

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ލިސްޓަށް 315 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،937 މީހަކަށް ލިބިފައިވާއިރު، ހުށަހަޅާފައިވާ ޝަކުވާތަކުގެ ތަފްސީލު އީސީން ހާމަކުރާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މި އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމަށް ބޭނުންވާ ޓެމްޕްލޭޓް ބޭނުންކުރުމަށް ރަޖިސްޓްރީވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ފެބްރުއަރީ 23 ވަނަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން 1414 އަށް ގުޅައިގެން ނުވަތަ ކަނޑައެޅިފައިވާ ގަޑިތަކުގައި ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިއީ 2023 ވަނަ އަހަރުން ފެށިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ވޯޓުލުމުގެ ފުރުސަތު ދިނުމަށް ތައާރަފްކޮށްފައިވާ ނިޒާމެކެވެ.

އިންތިހާބުގެ އިންތިޒާމްތަކަށް ބަލާއިރު، މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި (ލަންކާ އަދި މެލޭޝިއާ) ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އަތޮޅުތެރޭގައި ބަހައްޓާ 321 ފޮއްޓާއި މާލެ ސަރަހައްދުގައި ބަހައްޓާ 240 ފޮށީގެ އިތުރުން ރިސޯޓްތަކާއި، ސިނާއީ މަސައްކަތްކުރާ ތަންތަނުގެ އިތުރުން ޖަލުތައް ހިމެނެއެވެ. މި އިންތިހާބުގައި 225 ދާއިރާއަކުން ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

MMA_Ads
HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރު: އީސީ

election

ހިތަދޫ އުތުރު ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް

މީދޫ ކައުންސިލުގެ އިތުރުބުރަށް، ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި