ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަބޫދާބީ ސަސްޓެއިނަބަލިޓީ ވީކުގައި ބައިވެރިވެވަޑައިގެންނެވުމަށް ޑރ. ޚަލީލް ޔޫއޭއީއަށް ވަޑައިގެންފި

990
TTH_Ads
STO_Ads

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، 2026 ޖެނުއަރީ 13 އިން 14 އަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ “އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2026” ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޔޫއޭއީއަށް ވަޑައިގެންފިއެވެ.

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ބާއްވާ ބައިނަލްއަޤްވާމީ މުހިންމު ފޯރަމެކެވެ. މި ފޯރަމްގައި ދައުލަތްތަކުގެ އިސްވެރިންނާއި، ވަޒީރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސިނާޢީ ދާއިރާތަކުގެ އިސް ފަރާތްތަކުގެ އިތުރުން މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ހަކަތައިގެ ދާއިރާއަށް އަންނަ ބަދަލުތަކާއި، އައު އީޖާދުތަކުގެ އިތުރުން ދެމެހެއްޓެނިވި ކުރިއެރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.

ޚާރިޖީ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމީ ރައްކާތެރިކަމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި،އައު އީޖާދުތަކުގެ އިތުރުން ބައިނަލްއަޤްވާމީ އެއްބާރުލުމާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި ރާއްޖޭގެ ދައުރު މިކަމުގެ ސަބަބުން ފުޅާވެގެންދާނެއެވެ.

Maldivian_Ads

ވަޒީރު ޑޮކްޓަރ ޚަލީލްގެ މި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އާއި އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު ރީނާ ބައިވެރިވެވަޑައިގަންނަވައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު، ސަރުކާރުން ނިންމީ ނުދޭން: ޚަލީލް

Mm

އިންސާފާއި ހަމަޖެހުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން އަބަދުވެސް އޮންނާނީ ތައްޔާރަށް: މިނިސްޓަރު ޚަލީލް

dr khaleel

ހާރިޖީ ވަޒީރު ޑރ. ޚަލީލް ގަތަރަަށް ފުރާވަޑައިގަންނަވައިފި

dr khaleel

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެ ބަލައިގަންނާނެ: ޙަލީލް