ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޕްރައިމަރީއަށް ސްކޫލްތައް ދޫކުރަން ނިންމައި އިންތިޒާމުތައް ހަމަޖައްސަން ފަށައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ސްކޫލްތައް ދޫކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައި، އެކަމުގެ އިންތިޒާމުތައް ހަމަޖައްސަން ފަށައިފިއެވެ. މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ސަރުކާރުން އިދިކޮޅު ޕާޓީގެ ޕްރައިމަރީއަށް ހުރަސްއަޅާކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، އުސޫލުގެ ތެރެއިން އެއްވެސް ޕާޓީއަކުން ސްކޫލް ހޯދަން އެދިއްޖެނަމަ އެ ފުރުސަތު ދެވޭނެއެވެ. އެގޮތުން އެމްޑީޕީން ރަސްމީކޮށް ހުށަހެޅުމާ ގުޅިގެން، ވޯޓުލުން ކުރިއަށްދާ ވަގުތު ސްކޫލްތައް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެމްޑީޕީން ވަނީ ފުރަތަމަ 46 ސްކޫލެއްގައި އަދި ފަހުން ހުށަހެޅި ލިސްޓަކާއެކު އިތުރު ސްކޫލްތަކެއްގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ މި ޕްރައިމަރީގައި ކައުންސިލް އިންތިހާބަށް ޖުމްލަ 129 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި 25 ރަށަކުން 92 ކެންޑިޑޭޓުންނާއި 5 ސިޓީއަކުން 37 ކެންޑިޑޭޓުން ހިމެނެއެވެ. މި އިންތިހާބުގައި އެންމެ ވާދަވެރިކޮށް ފެންނަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމާއި އަލީ އާޒިމްގެ ކުރިމަތިލުމެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު