މި ހިނގާ އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް ހަތް ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ރ. ރަންފުށީގައި ތަރައްޤީކުރާ ބުލްގާރީ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ފަދަ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ ބްރޭންޑްތައް ހިމެނޭކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ އަހަރު ހުޅުވުނު 6 ރިސޯޓާއެކު، ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓުތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 178 އަށް އަރާފައެވެ. މިއާއެކު ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީ ނުވަތަ އެނދުގެ އަދަދު 44،697 އަށް ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ގިނަ އެނދު ނިސްބަތްވަނީ މާލެ އަތޮޅަށެވެ. އެގޮތުން މުޅި ރާއްޖޭގެ 31 އިންސައްތަ ނުވަތަ 13،500 އަށްވުރެ ގިނަ އެނދު މާލެ އަތޮޅުގައި ހުރިއިރު، ދެވަނައަށް އެންމެ ގިނަ އެނދު ހުރީ އދ. އަތޮޅުގައެވެ. އެއީ ޖުމްލަ އެނދުގެ 13 އިންސައްތައެވެ.
ކިޔުންތެރިންގެ ހިޔާލު