ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައިނަލްއަގްވާމީ ގާނޫނެއް އަހަންނަކަށް ބޭނުމެއް ނުވޭ، އަހަރެން ނުހުއްޓުވޭނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ބައިނަލްއަގްވާމީ ގާނޫނެއް އޭނާއަކަށް ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ، މިނިވަން ގައުމަކަށް އަސްކަރީ ހަމަލާދީ އަދި އެގައުމުގެ ރައީސް ކިޑްނެޕްކޮށްގެން އެމެރިކާއަށް ގެންގޮސްފައިވާ މައްސަލާގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެމެރިކާގެ ރައީސް ބުނީ، އޭނާއަށް ބައިނަލްއަގްވާމީ ގާނޫނެއް މުހިންމު ނޫން ކަމަށާއި، އެކަމަކު، އެއްވެސް މީހަކަށް އަނިޔާއެއްދޭން އޭނާ މަސައްކަތް ނުކުރާ ކަމަށެވެ.

ޓްރަމްޕް ބުނީ، އޭނާ ހުއްޓުވޭނެ އޮތީ އެންމެ ގޮތެއް ކަމަށާއި، އެގޮތަކީ އޭނާގެ ސިކުނޑި އެކަމަށް ބޭނުންވުން ކަމަށެވެ.

އެމެރިކާގެ ރައީސް މިމޭރުމުން ވާހަކަ ދެއްކިއިރު، ވެނެޒުއެލާއަށް އިތުރު ހަމަލާއެއް ދީފާނެކަމަށް ބެލެވިގެން އެފަދައިން ކަން ކުރެވޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެން ކަމަށް ކަނޑައަޅައި، އެމެރިކާގެ ސެނޭޓުން މިހާރު ވަނީ ބިލެއްވެސް ފާސްކޮށްފައެވެ.

ސެނޭޓަށްފަހު މިބިލް ހައުސްއިން ފާސްކުރި ނަމަވެސް، ޓްރަމްޕް ބިލް ވީޓޯ ކުރާނޭ ކަމަށް ބެލެވިފައި ވެއެވެ.

ވެނެޒުއެލާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕްކޮށްގެން އެމެރިކާއަށް ގެންދިއުމަށްފަހު، ވެނެޒުއެލާގެ ތެލުގެ ސިނާއަތާއި، ވެރިކަން ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، ވެނެޒުއެލާގެ ރައްޔިތުން އެކަމާ ދެކޮޅު ހެދުމާއި، މަދޫރޯގެ ސަރުކާރުގެ ކޮންޓްރޯލް ވެނެޒުއެލާގައި އަދިވެސް އޮތުމުން، ވެނެޒުއެލާއަށް އިތުރު އަސްކަރީ ހަމަލާތަކެއް އެމެރިކާއިން ދީފާނޭ ކަމަށް ވަރަށް ބޮޑަށް ބެލެވެން ފަށާފައި ވެއެވެ.

ވެނެޒުއެލާގެ އިތުރުން، ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ޖުލައިމަހު ހަދާނޭ ކަމަށާއި، އެކަން ކުރުމަށްޓަކައި އަސްކަރީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނޭ ކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ބުނެފައެވެ.

މީގެއިތުރުން، މެކްސިކޯއަށާއި، ކިއުބާއަށާއި، ކޮލަމްބިއާއަށް އަސްކަރީ ހަމަލާ ދޭނޭކަމުގެ އިންޒާރުވެސް އެމެރިކާގެ ރައީސް ގެންދަނީ ދެމުންނެވެ.

އަދި، އީރާނަށް ހަމަލާ ދޭން ޖެހިދާނޭ ކަމަށް ތިންވަނަ ފަހަރަށް މިރޭވަނީ އިންޒާރު ދީފައެވެ.

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފް ވަނީ ކަމަށް ބުނެ، ކަނޑުމަގުން ދަތުރުކުރާ ތެޔޮ ޓޭންކަރު ތަކަށް ހަމަލާދީ، އަދި ކަނޑުފޭރުމުގެ އަމަލުތައްވެސް އެމެރިކާ ސިފައިން ގެންދަނީ ޓްރަމްޕްގެ އަމުރަށް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ރައްދު ހަމަލާތައް ހައްތަހާ ވަރުގަދަކުރަނީ، އިއްޔެއާއި ރޭ އީރާނަށް ބޮޑެތި ކާމިޔާބީތަކެއް

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް