ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދަ ހަދިޔާގެ ގޮތުގައި 118،000 މަސްދަޅު ކޭސް މިފަހަރު ބަހާނެ: ފަރުޙަތު

mifco ceo faruhath

މިއަހަރުގެ ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ގޭބީސީތަކަށް 118,000 މަސްދަޅު ކޭސް ބެހުމަށް ސަރުކާރުން ނިންމާފައިވާކަން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިފްކޯއިން ވިދާޅުވި ގޮތުގައި މި މަސްދަޅުތައް އުފެއްދުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ކޭހެއް ތައްޔާރުކޮށް ނިންމާލެވޭނެއެވެ. މި މަސައްކަތަކީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދަނީ ސިޓީތަކާބެހޭ ވުޒާރާއާއި އެސްޓީއޯއާ ގުޅިގެންނެވެ. އަތޮޅުތަކަށް ފަސޭހައިން މި ތަކެތި ފޯރުކޮށްދިނުމަށްޓަކައި އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައި މިހާރުވެސް ސްޓޮކް ރައްކާކުރަން ފަށާފައިވާ ކަމަށާއި، ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިފްކޯއިން މައުލޫމާތުދެއްވައެވެ.

ފާއިތުވި އަހަރުގެ ރަމަޟާން މަހު ސަރުކާރުން ވަނީ ޖުމްލަ 111,231 މަސްދަޅު ކޭސް ބަހާފައެވެ. އޭގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ދޫކުރި 50,519 ކޭހާއި އަތޮޅުތަކަށް ދޫކުރި 60,712 ކޭސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Roada hadiyaa

މިއަހަރު 113،382 ގޭބިސީއަކަށް ރޯދަ ހަދިޔާ ދޫކޮށްފި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

“ރަންވަރު ފަސްމީރު” ނަމުގައި މިފްކޯގެ އައު 5 އުފެއްދުމެއް ބާޒާރަށް

Roada hadiyaa

ރޯދަ ހަދިޔާ މަސްދަޅުކޭސް ދޫކުރާ ފަހު ތާރީޚަކީ އަންނަ މަހުގެ 4ވަނަ ދުވަސް