ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު: ރައީސް

TTH_Ads
STO_Ads
Advertisement

ރަށްރަށުގެ ތަރައްގީއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު ކަމަށާއި، އެ އެއްބާރުލުން ސަރުކާރަށް ލިބިގެންދާނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެންކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަރަށް ރޭވުންތެރި އަދި ބިނާކުރަނިވި ގޮތެއްގެ މަތިން ކަންކަން ކުރުމަށް ކަމަށެވެ. ރައީސް ވިދާޅުވީ މިއަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވަރަށް ގިނަ ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށެވެ.

“ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ހަމަ ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވައުދެއް ފުއްދުމުގަ އެކަމުގެ ލޯކަލް ލެވެލްގަ، ރަށު ފެންވަރުގަ، ސިޓީ ފެންވަރުގަ ފުރިހަމަ އެއްބާރުލުން ދެއްވާނެ ބޭފުޅުން ހޮވައިދެއްވާށޭ. އެކަން ކޮށްދެއްވާނީ އަޅުގަނޑަށް އެންމެ ފުރިހަމަ އިތުބާރު އޮތީ އަޅުގަނޑުމެންގެ ޕާޓީން ކުރިމަތިލާ ކެންޑިޑޭޓުންނަށްކަމަށް ވާތީ” ރައީސް

HajjCop_ads
Advertisement

“ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުން އަޅުގަނޑު ދަންނަަވަން އަދި ޔަގީންވެސް ކުރަން، ރާއްޖޭގެ އެކިކަންކޮޅުތަކުން އިންތިހާބުގަ އަޅުގަނޑު މިދެންނެވި ފަދައިން އަޅުގަނޑު ވީ ހުރިހާ ވައުދެއް ފުއްދުމުގެ މިހާރު އެކިކަންކޮޅުތަކުގެ، އެކި ދާއިރާތަކުން ބާރު ސްޕީޑުގަ ކުރެވެމުންދާ ކަންކަމާ، ފެށިގެންދާ ކަންކަމާ އަދި މިއަހަރު ތަރުތީބު ކުރެވި ބަޖެޓުގައި ހުރި ކަންކަން ކުރުމުގަ ލޯކަލް ލެވެލްގަ، އެ ރަށެއްގެ ލެވެލްގަ، ދާއިރާގަ، ސިޓީއެއްގެ ލެވެލްގަ ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ހިތާރޫހުން ފުރިހަމައަށް ދެއްވާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވައިދެއްވާނެކަމީ އަޅުގަނޑު ޔަގީންކުރާކަމެއް”

ރައީސް ވިދާޅުވީ ވަރަށް ސީރިއަސް މުހިންމު ގިނަ މަސައްކަތެެއް މިހާރުވަނީ ފެށިފައި ކަމަށެވެ. އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް މިދިޔަ ދެ އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަރަށް ގިނަ ވައުދުތަކެއް މިހާރުވަނީ ފުއްދިފައިކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ގިނަ ވައުދުތަކެއްގެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ ހުރިހާ ކަމެއްވެސް ފުރިހަމަ ކުރުމަށް، ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުތަކެއް ކައުންސިލްތަކަށް ހޮވައިދިނުމަކީ މުހިންމު ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC leadership

މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްގެންދާނީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް: ޕީއެންސީ

43

ޕީއެންސީގެ ނައިބު ރައީސްކަމުގެ ރޭހަށް މިނިސްޓަރު ޝިޔާމް ނުކުންނަވައިފި

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ހަތް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފި

Ew

ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު ހާމަވެއްޖެ: އަބްދުއްރަހީމް