ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ޕީއެންސީގެ މައި އޮފީސް ހުޅުވުމާއި އެކު މަސައްކަތްތައް އިތުރަށް ހަލުވިވެ ބާރު ސްޕީޑުގައިދާނެ : ރައީސް

pnc office

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ވެގެންދާނީ، ޑިމޮކްރަސީގެ ރީތި އުސޫލުން ސިޔާސީ ޕާޓީއެއް ޒިންމާދާރުކަމާއެކު ހިންގުމަށް މުހިންމު ވަސީލަތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހ. ވެޔޮވިލާގައި ޤާއިމުކޮށްފައިވާ ކޮންގްރެސް ޕާޓީގެ މައި އޮފީސް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮންގްރެސް ޕާޓީގެ މައި އޮފީސް ހިންގާނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުގެ މަތިން ކަމަށެވެ.

މިރޭ ފެށިގެން ދިޔައީ ވަރަށް ވެސް މުހިއްމު މަސައްކަތެއް ކަމަށާއި، ހުޅުވިގެން ދިޔައީ ވަރަށް ވެސް މުހިއްމު އިމާރާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެެވެ.

“އާދެ މި ޕާޓީ ދުވަހެއް ދުވަހަކަށް ބޮޑުވެ، ހަރަކާތްތެރިކަން އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ދުވެލި ހަލުވިވެ ބާރު ސްޕީޑުގައި ގެންދިއުމުގައި މިއަދު މިތަނުގައި މިރޭ އަޅުގަނޑުމެން މި ހުޅުވި މައި އޮފީސް އިރާދަކުރެއްވިއްޔާ ވެގެންދާނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުގެ މަތިން ސިޔާސީ ޕާޓީއެއް އެންމެ ފުރިހަމައަށް އެންމެ ޒިންމާދާރުކަމާއެކީގައި ހިންގުމަށްޓަކައި ބޭނުންކުރެވިގެންދާނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕީއެންސީގެ މައި އޮފީސް އިމާރާތް ފުރިހަމަކޮށް ހަދައި ޕާޓީގެ މެންބަރުންނަށް ބޭނުންކުރެވޭ ގޮތް މަގުފަހިކޮށްދިނުމުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރުދަންނަވާފައެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގައި ސަރުކާރުން ކުރިއަށްގެންދާ މުހިއްމު ކަންކަމާއި ގުޅޭގޮތުން ޚުލާސާގޮތެއްގައި އަލިއަޅުއްވާލެއްވި ކަމަށެވެ.

އެ ޖަލްސާގައި ވިދާޅުވިގޮތަށް، ކަންކަން ދަނީ ވަރަށް ފުރިހަމަކާއެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ފެބްރުވަރީ 5 ވަނަ ދުވަހު އިއްވާ ރިޔާސީ ބަޔާނުގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައި ހުރި ކަންކަން ވަރަށް ތަފްޞީލީ ގޮތެއްގައި ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

pnc office

ޝަފީއާގެ ރައްދު ސިޓީ ކައުންސިލަށް: ޕީއެންސީގެ އޮފީސް ހަދަން ހުއްދަ އޮންނާނީ ނަގާފައި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު: ރައީސް

TTH_advertisement