މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ އޮފީސް އިމާރާތެއް ހުޅުމާލޭގައި އެޅުމަށް ނިންމައި، އެ ތަނުގެ ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އެ އިދާރާއިން އިއުލާނުކޮށްފިއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
އެމްއެމްއޭގެ އާ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ފެރީ ޓާމިނަލް ފަޅީގައި އޮންނަ، 210 މިލިއަން ރުފިޔާއަށް ގަނެފައިވާ 43،000 އަކަފޫޓުގެ ބިމެއްގައެވެ. އޮފީސް ބަދަލުކުރަން އެމްއެމްއޭއިން ނިންމީ މާލޭގައި މިހާރު ހުރި އިމާރާތް (2008 އިން ފެށިގެން ބޭނުންކުރާ އިމާރާތް) ހުންނަ ސަރަހައްދުގެ ކާރުބާރު ބޮޑުވުމާއި، ސެކިއުރިޓީ ގޮތުން ދިމާވާ ދަތިތަކާ ހެދިކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ހިޔާލު