ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

294،937 މީހަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ: އީސީ

Ec election commission

މިއަހަރުގެ އެޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،937 މީހަކަށް ލިބިގެންވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އޭގެ ތެރެއިން 144،527 އަންހެނުންނާއި 150،410 ފިރިހެނުންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންވެއެވެ.

އީސީން މިހާރު ވޯޓާސް ލިސްޓު އާންމު ކޮށްފައިވާއިރު، އެލިސްޓަށް ޝަކުވާ ހުށަހެޅުމަށް މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 3:00 އަށް ހުޅުވާލާފައިވެއެވެ. ވޯޓާސް ލިސްޓު އީސީގެ ވެބްސައިޓާއި ގެޒެޓު އަދި ރަށު ކައުންސިލް އިދާރާތަކުން ބެލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި 1414 އަށް “VR space IDNO” އެސްއެމްއެސް ކޮށްގެން ވޯޓުލާން ރަޖިސްޓްރީ ވެފައިވާ ތަން ބެލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ލިސްޓަށް އިތުރުކުރުމަށާއި ނަން އުނިކުރުމަށް ނުވަތަ މައުލޫމާތު ބަދަލުކުރުމަށް ޝަކުވާ ހުށަހަޅާއިރު، ސައްހަކަން ސާބިތުވާ ރަސްމީ ލިޔުމެއް އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ. އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 މެމްބަރުންނާއި ސިޓީ ކައުންސިލްތަކަށް 52 މެމްބަރުން އިންތިހާބު ކުރާނެއެވެ. މާލެ ސިޓީއަށް 18 ކައުންސިލަރުން އަދި އައްޑޫ ސިޓީއަށް 11 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހަކަށް

ހދ. އަތޮޅުގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

އައްޑޫ ސިޓީގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

Election

ވޯޓުލާން ރަޖިސްޓްރީވި ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވާނެ