ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް

ސަރުކާރުން ޙާފިޒުންގެ ތަމްރީންކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތްތަކާއެކު މިހާރު ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291 އަށް އަރާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ، ރޯދަމަހުގެ ކުރިން ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 300 އަށް އަރާނެކަމަށެވެ.

ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދީ އެކަމުގައި ކުރިއަށްދިޔުމަށް ބާރުއެޅުމަށްވެސް އެކި ކަންކަން ސަރުކާރުންވަނީ ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޒުންނަށް ދައުލަތުންދޭ އެލަވަންސް ދެގުނަ ބޮޑުކުރައްވާފައެވެ. އަދި މިހާރު ސަރުކާރުންވަނީ ޙާފިޒުން ދަސްވެނިވުމަށް ޚާއްސަ ޙަފްލާއެއް ބާއްވަން ނިންމަވާ އެގޮތަށް ޙަފްލާތައް ބާއްވަން ފައްޓަވާފައެވެ. މިކަމަށްޓަކައި މިއަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވާ ރަސްމިއްޔާތުގައި 30 ޙާފިޒުން ދަސްވެނިވާނެކަމަށެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި ޙާފިޒުންގެ ޢަދަދު 291 އަށް އަރާފައިވާކަމަށެވެ. އަދި މިޢަދަދު މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 300 އަށް އަރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މި 5 އަހަރުގެ ތެރޭގައި ކީރިތި ޤުރުއާން ހިތު ދަސްކޮށްފައިވާ ޙާފިޒުންގެ ޢަދަދު 500 އަށްއެރުވުމަށެވެ. މިވަގުތު މާލެއާއި އަތޮޅުތަކުގައި 1500 އަށްވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައިވެސް ފާހަގަކުރެވޭކަމެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލްގެ ނަމުގައި ޚާއްސަ މެޑަލްއެއް ދެއްވަން ފެއްޓެވީ 2014 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ މި މެޑަލް ދެއްވާފައިވަނީ 2014 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އޭރު އެ މެޑަލް ހާސިލްކުރީ 3 ޙާފިޒެކެވެ. އޭގެ ފަހުން ކީރިތި ޤުރުއާން ހާސިލްކުރާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ޚާއްސަ މެޑަލް ދެއްވަމުން ގެންދެވިއެވެ. މިމެޑަލް ދެއްވަމުންގެންދެވީ އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށް އެކަންޏެވެ. އެހެންނަމަވެސް ސަރުކާރުން މިހާރުވަނީ ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ހުރިހާ ފަރާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވާށެވެ. ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ބާރުއެޅުމަށްޓަކައި ސަރުކާރުންވަނީ ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށްވެސް ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ