ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންގި މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ބަންގި މުބާރާތް — “ނޫރުލް އަޛާން 1447” މި ފަހަރު ކޮންމެ އަތޮޅެއް ތަމްސީލުކުރާ ގޮތަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ވަނީ ބަންގި މުބާރާތުގައި އަތޮޅުތަކުން ބައިވެރިވާން ބޭނުންވާ ބައިވެރީންގެ ނަންތައް ފޮނުވަން އެދިފަ އެވެ. މިނިސްޓްރީން ބުނީ މި ފަހަރު މުބާރާތް ބޭއްވުމަށް ރާވާފައިވަނީ ކޮންމެ އަތޮޅެއް ތަމްސީލުކުރާ ގޮތަށް 19 އަތޮޅުން 19 ބައިވެރީންނާ އެކު ކަމަށެވެ.

މިނިސްޓްރީން ވަނީ އަތޮޅު އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ބައިވެރީންގެ މައުލޫމާތު ޖަނަވަރީ 15 ވަނަ ދުވަހުގެ ކުރީން ފޮނުވައިދޭން އެދިފަ އެވެ.

މުބާރާތުގައި ބައިވެރިވެވޭނީ 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ފިރިހެން ބައިވެރީންނަށެވެ. މުބާރާތުގައި މައިގަނޑު ދެ ބުރެއް ހިމެނޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ