ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢުމްެރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން ރާއްޖެ ގެންނަން ނިންމައިފި

hajj umra

ޢުމްެރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން ރާއްޖެ ގެންނަން ނިންމައިފި އެވެ.

އެކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރޭ ވަނީ ހާމަކުރައްވާފަ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި ޢުމްެރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އަދި އެ މީހާ  ރާއްޖެ ގެނައުމުގެ މަސައްކަތް ޢާއިލާއާ ގުޅިގެން ދަނީ ކުރަމުންނެވެ. އެ މީހާ މި މަހުގެ 10 ވަނަ ދުވަހު މާލެ ގެނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

“މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުންގެންދަވާ އެއްބާރު ލެއްވުމަށް ޝުކުރު ދަންނަވަން,” ވަޒީރު ވިދާޅުވި އެވެ.

މި އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ހަތް ހާހަށް ވުރެ ގިނަ ދިވެހީން ވަނީ ޢުމްރާގެ އަޅުކަމަށް ސަޢުދީއަށް ގޮސްފަ އެވެ. ވަޒީރު ވިދާޅުވި ޖުމުލަކޮށް އެންމެންގެ ޙާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ