ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކާތު ފަންޑު ބަލަހައްޓާނީ ޚާއްޞަ އެކައުންޓެއްގައި ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން: ޑރ.ޝަހީމް

ރާއްޖޭގެ ޒަކާތު ފަންޑު ބެލެހެއްޓުމުގެ ކަންކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ބައިވެރިވުމަކީ މިނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

“މިފަންޑު ބަލަހައްޓާނީ ވަކި ޚާއްޞަ އެކައުންޓެއްގައި ވަކި ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން. އަޅުގަނޑު ޤަބޫލުކުރާ ގޮތުން އެމްއެމްއޭއިން މިފަންޑު ބެލެހެއްޓުމަކީ، މިނިޒާމާ މެދު އިތުބާރު ދެމެހެއްޓުމަށް އެޅުނު މުޙިއްމު ފިޔަވަޅެއް.” ވަޒީރު

ރާއްޖޭގައި ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރާއްޖޭގައި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ޒަކާތު ފަންޑު ބެލެހެއްޓުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާއި ދެމެދު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެމްއެމްއޭއާއި ހަވާލުކުރެވިގެން ދިޔުމަކީ މިނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ޒަކާތު ފަންޑު ބެލެހެއްޓުމުގެ މަސައްކަތް އެމްއެމްއޭއާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ، ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ވަނީ، މުޙިއްމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެމަސައްކަތުގެ ތެރެއިން ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލާ، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޚާއްޞަ އިދާރާއެއް ވަނީ އުފައްދަވާފައެވެ. ޒަކާތު ޤާނޫނުގެ ދަށުން ޒަކާތު ފަންޑުގެ ކަންކަން ބެލެހެއްޓުން މާލިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ޙަވާލުކުރަން ޖެހެނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއެވެ.

ޒަކާތު ފަންޑު ބަލަހައްޓަން ޖެހެނީ، ޕަބްލިކް އެކައުންޓާއި ވަކިން އެމްއެމްއޭގައި ޤާއިމުކުރާ ފަންޑެއްގައި ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިފަންޑުން އިސްލާމީ ޝަރީޢާ ހުއްދަ ކުރާ ގޮތުގެ މަތިން އިންވެސްޓުކޮށް، ރަނގަޅު ފައިދާއެއް ހޯދުމަށް މަސައްކަތް ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ، މިއީ ބޮލަކަށް 6,000 ރުފިޔާ

mudalu zakaai

ފަޤީރުންނާއި މިސްކީނުންނަށް 6,000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި