ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މައުމޫން ފައުންޑޭޝަންގެ ސީއީއޯ ކަމަށް އަބްދުﷲ ކަމާލުއްދީން

Izaam

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ‘ދަ މައުމޫން ފައުންޑޭޝަން’ގެ ސީއީއޯ ކަމުގެ މަގާމަށް، އެމަނިކުފާނުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން, އައްޔަނުކުރައްވައިފިއެވެ.

މައުމޫން ފައުންޑޭޝަނަކީ 2010 ވަނަ އަހަރު ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި އަމިއްލަ ޖަމިއްޔާއެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، އަބްދުالله ކަމާލުއްދީންގެ ތަޖުރިބާގެ ސަބަބުން މައުމޫން ފައުންޑޭޝަންގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރެއްގެ އިތުރުން އަބްދުﷲ ކަމާލުއްދީން ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އެކި މަގާމްތައް ފުރުއްވާފައެވެ.

މައުމޫން ފައުންޑޭޝަނުން ވަނީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން މީގެކުރިން ސްކޮލާޝިޕްގެ ފުރުސަތުތަކެއް ވެސް ފަހިކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees maumoon

މުއުމިނުންގެ މެދުގައި އޮންނަ ގުޅުން ވާންވާނީ އަހުންވަންތަ ރީތި ގުޅުމަކަށް: ރައީސް މައުމޫން

raees maumoon

ރޯދަމަހު އުޙުވަތްތެރިކަން އިސްކުރަން ޖެހޭ: ރައީސް މައުމޫން

maumoon foundation

މައުމޫން ފައުންޑޭޝަނުން މި އަހަރު ވެސް އިޙްޔާ ފޯރަމް ބާއްވަނީ

Big YlERbzxqbKSdBD8sxp7Z47qVC

އެމްއެންޔޫއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި