ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކާތުގެ ޤާނޫނު ޢަމަލުކުރަން ފެށުމާއެކު ޒަކާތު ހައުސް ޤާއިމުކުރަށްވައިފި

ދިވެހިރާއްޖޭގެ ފުރަތަމަ ޒަކާތުގެ ޤާނޫނުގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި “މޯލްޑިވްސް ޒަކާތު ހައުސް” ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީކޮށް ޤާއިމުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ކަނޑައަޅާ، ޒަކާތުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރެއްވީ 6 ޑިސެމްބަރު 2025 ގައެވެ. މި ބިލުގައިވާގޮތުން މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2026 ދުވަހުން ފެށިގެންނެވެ.

އެހެންކަމުން މިއަދު އާ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހިނގަމުން އައި މޯލްޑިވްސް ޒަކާތު ހައުސް ވަނީ އުވާލައްވާފައެވެ. މި ބަދަލާއެކު މިހާރު ޒަކާތު ހައުސް ހިނގަމުންދާނީ އަލަށް ތަޢާރަފުކުރެވުނު ޒަކާތުގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިންނެވެ.

މި ބަދަލަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޒަކާތް ބަލައިގަތުމާއި ބެހުމުގެ އެންމެހައި ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ތަރުތީބުކުރުމަށްޓަކައި ސަރުކާރުން ގެނައި މުހިންމު ބަދަލެކެވެ.

އަލަށް ޤާއިމުކުރެވުނު ޒަކާތު ހައުސްއަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ވަކި އިދާރާއެއް ކަމަށާއި، އެ އިދާރާގެ މަސައްކަތްތައް ކުރިއަށްދާނީ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ފައިސާ ބެލެހެއްޓުމަށްޓަކައި “ޒަކާތު ފަންޑު” ގެ ނަމުގައި ފަންޑެއް އުފެދިގެންދާނެއެވެ. މި ފަންޑު ބަލަހައްޓާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، އެމް.އެމް.އޭ. ގައި ޤާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ. އަދި ފަންޑުގެ ކަސްޓޯޑިއަންއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އެވެ.

ޒަކާތު ފަންޑުގެ ފައިސާ ބޭނުންކުރެވޭނީ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް އަދި އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް ފައިދާ ހޯދުމަށް ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ކުރީގެ ޤާނޫނު (2006/3) ގެ ދަށުން ހިންގި ޒަކާތު ފަންޑުގައިވާ ހުރިހާ ފައިސާއެއް، އާ ޤާނޫނުގެ ދަށުން އުފެދުނު ފަންޑަށް ބަދަލުކުރެވޭނެއެވެ.

ޒަކާތުގެ ނިޒާމު ހިންގުމުގައި މުހިންމު ބަދަލުތަކެއް މި ޤާނޫނުގެ ދަށުން އަންނާނެއެވެ. ރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ، އިސްލާމީ ކަންކަން ބަލަހައްޓާ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ޒަކާތުގެ ނިޒާމު ހިންގުން ވިލަރެސްކޮށް، މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޒަކާތު ކައުންސިލެއް އެކުލަވާލަން ޖެހެއެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވައިލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދޭނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ، މިއީ ބޮލަކަށް 6,000 ރުފިޔާ

mudalu zakaai

ފަޤީރުންނާއި މިސްކީނުންނަށް 6,000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި