ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި 2026 އަށް މަރުހަބާކީ ހަވާއާއި ޑްރޯން ޝޯއާއެކު

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ރޭ ބޭއްވި ކުލަގަދަ ހަރަކާތްތަކާއެކު 2026 އަށް ރާއްޖޭގެ އެތައް ބަޔަކު މަރުހަބާ ކިޔައިފިއެވެ. ރޭގަނޑު ބޭއްވި ހަވާ އެރުވުމާއި، ފުރަތަމަ ފަހަރަށް ބޭއްވި ޑްރޯން ޝޯ އަދި ފުޑް އެންޑް ކަލްޗާ ފެސްޓިވަލް ބަލާލަން އެކި އުމުރުފުރައިގެ މީހުން މުޅި ސަރަހައްދު ފުރިބާރުވާ ވަރަށް އެއްވި އެވެ.

ގަޑިން 00:00 ޖެހުމާއެކު ފަސް މިނެޓަށް އެރުވި ހަވާ ބަލަން ގިނަ ބަޔަކު ތިބީ ފޯނުތަކުން އެ މަންޒަރުތައް ރެކޯޑުކުރަމުންނެވެ. ހަވާއަށްވުރެ ބޮޑު ތަރުހީބެއް ރޭ ލިބުނީ ޕައިރޯ ޑްރޯން ޝޯ އަށެވެ. ކުޑަ ކުއްޖަކު ކިޔައިދިން ވާހަކައެއްގެ ގޮތުގައި ހުށަހެޅި މި ޝޯއިން ދިވެހީންނާ ގުޅުން ހުރި އެތައް މަންޒަރެއް ދައްކާލި އެވެ.

މިދިޔަ އަހަރު އެންމެ ދުވަހަކަށް ބޭއްވި ފުޑް އެންޑް ކަލްޗާ ފެސްޓިވަލް، އެ އަހަރު ލިބުނު ތަރުހީބަށް ބަލައި މި އަހަރު ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އަންގާރަ ދުވަހުގެ ހަވީރުން ފެށިގެން ކުރިއަށްދާ މި ފެސްޓިވަލަށް ގިނަ ބަޔަކު ދަނީ ޒިޔާރަތްކުރަމުންނެވެ. ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތަކާއި ކުޅަދާނަ ލަވަކިޔުންތެރީންގެ ހިތްގައިމު ހުށަހެޅުންތައް ވެސް މިރޭގެ ހަރަކާތްތަކުގެ ތެރެއިން ބައިވެރިން ދެކިލައި ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

98

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

hulhumale

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Hulhumale Market

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ޤާއިމްކުރި މާރުކޭޓާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް