ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ސޯމާލިލޭންޑަށް “މިނިވަންކަން” ހޯދައިދިނުމުގެ ނަމުގައި އިސްލާމްދީން ވިއްކާލިމީހާ

އަބްދިރަހްމާން މުހައްމަދު އަބްދުﷲހި،

ސޯމާލިލޭންޑަކީ 1960 ވަނަ އަހަރުން ފެށިގެން ގުޅިފައިވާ ސޯމާލި ރިޕަބްލިކްގައި ހިމެނޭ ސަރަހައްދެކެވެ.

ސޯމާލިއާގެ ކިބައިން ވަކިވެގަނެ ސޯމާލިލޭންޑުން ވަކި ވެރިކަމެއް އިއުލާން ކުރީ 1991 ވަނަ އަހަރުއެވެ.

އެހެން ނަމަވެސް، މިހާތަނާ ޖެހެންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ސޯމާލިލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކޮށްފައެއް ނުވެއެވެ. ބައެއް ކަހަލަ ޑިޕްލޮމެޓިކް ގުޅުންތައް ބައެއް ގައުމުތަކުން ބޭއްވި ނަމަވެސް، އެއީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފައެއް ނުވެއެވެ.

ކުއްލިއަކަށް ދުނިޔެއަށް ސިހުން ގެނުވީ، ފަލަސްތީނު އިސްތިއުމާރުކޮށްގެން އޮތް ޓެރަރިސްޓު އިސްރާއީލުން ސޯމާލިލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަނެ، އެކަން މުޖުރިމު ނަތަންޔާހޫ އިއުލާން ކުރުމުންނެވެ.

ނަތަންޔާހޫގެ އެ ނިންމުމަކީ، ސޯމާލިއާގެ ސިޔާދަތަށް އަރައިގަނެ އެ ގައުމު ބައިބައިކޮށްލުން ކަމަށް ބުނެ، އަރަބި އިސްލާމީ އެތައް ގައުމަކާއި، އީޔޫއާއި ދުނިޔޭގެ އެތައް ގައުމަކުން އެކަން ކުށްވެރިކުރިއެވެ.

ނަމަވެސް، ސޯމާލިލޭންޑުން އެކަން ކުރި ސަބަބު މިހާރު މިވަނީ ދުނިޔެއަށް ހާމަވެގެން ގޮސްފައެވެ.

ސޯމާލިލޭންޑްގެ ރައީސްކަމަށް ބުނާ އަބްދިރަހްމާން މުހައްމަދު އަބްދުﷲހި، ސޯމާލިލޭންޑް ޒަޔަނިސްޓު އިސްރާއީލަށް ވިއްކާލީއެވެ. އެއީ، ޣައްޒާގެ މުސްލިމުން ގަދަކަމުން ރަށުން ބޭރުކޮށް ސޯމާލިލޭންޑްގައި ގާއިމްކުރާ ރެފިއުޖީ ކޭމްޕްތަކުގައި ވަޒަންވެރިކުރުމުގެ ބަދަލަށް އިސްރާއީލުން ސޯމާލިލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުމަށް އެއްބަސްވެގެންނެވެ.

މުސްލިމުންގެ ގޮތުގައި ތިބެ، ޒަޔަނިސްޓުންނާ އެއްބައިވެ، ޣައްޒާގެ މުސްލިމުންނާ ދެކޮޅުވެރިވެ އިސްލާމްދީންވެސް ވިއްކާލީއެވެ.

ޣައްޒާގެ ނަސްލުނައްތާލަން މުޖުރިމު ނަތަންޔާހޫ ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ، އެކަމަށް މަގުފަހިކޮށްދޭން އަބްދިރަހްމާން މުހައްމަދު އަބްދުﷲހި، ނަތަންޔާހޫއާ އަތުކުރި އޮޅާލީއެވެ.

ސޯމާލިލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް އިސްރާއީލުން ބަލައިގަތުމުގެ ބަދަލަށް، ސޯމާލިލޭންޑާއި އިސްރާއީލާ ދެމެދު މައިގަނޑު ތިން ކަމެއް ކުރުމަށް އެއްބަސްވެފައި ވެއެވެ.

ފުރަތަމަ ކަމަކީ، ޣައްޒާގެ ރައްޔިތުން ގަދަކަމުން ރަށުން ބޭރުކޮށް ސޯމާލިލޭންޑްގައި ވަޒަންވެރި ކުރުމެވެ. ދެވަނަ ކަމަކީ އަދަން ކަނޑުގެ އައްސޭރިފަށުގައި އިސްރާއީލުގެ އަސްކަރީ ބޭސްއެއް ގާއިމްކުރުމެވެ. އެއީ، ރަތްކަނޑާއި، އިންޑިއާ ކަނޑުގެ ކޮންޓްރޯލް އިސްރާއީލަށް ނެގުމަށެވެ.

މިކަން ކޮށްފިނަމަ އިސްލާމީ އެތައް ގައުމެއް އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށްގޮސް ނިކަމެތިވެގެންދާނެއެވެ.

ތިންވަނަ ކަމަކީ، ޒަޔަނިސްޓު ދައުލަތެއް މުޅި މެދުއިރުމަތީގައި ގާއިމްކުރުމަށް އެމެރިކާގެ ރައީސް ހަދައިގެން އުޅޭ އަބްރަހަމް އެކޯޑްސްގައި ސޯމާލިލޭންޑް ބައިވެރިވެ އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރުމެވެ.

ސޯމާލިލޭންޑްގެ ރައީސްކަމަށް ބުނާ އަބްދިރަހްމާން މުހައްމަދު އަބްދުﷲހި، މިހާރު ދަނީ އަންނަމަހު އިސްރާއީލަށް ރަސްމީ ދަތުރެއް ކުރުމަށްވެސް ތައްޔާރުވަމުންނެވެ.

އައު އަހަރާ ދިމާކޮށް އާންމު ކުރި ބަޔާނުގައި އަބްދިރަހްމާން މުހައްމަދު އަބްދުﷲހި ބުނީ، އިތުރު އެތައް ގައުމަކުން ސޯމާލިލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ބައިނަލްއަގްވާމީ މުޖުތަމައުން ސޯމާލިލޭންޑް ބަލައިގަތުމަށް ކުރަމުންދާ މަސައްކަތް ދެން ނުހުއްޓުވޭނޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ސޯމާލިއާގެ ރައީސް ހަސަން ޝައިޚް މަހަމޫދު ވިދާޅުވީ، ސޯމާލިލޭންޑަކީ ދައުލަތެއް ކަމަށް އިސްރާއީލުން ބަލައިގަތީ ހީލަތްތެރި އަދި ނުބައި ނިޔަތެއްގައި ކަމަށާއި، އެއީ ޣައްޒާ ހުސްކޮށްލުމަށް ރާވާފައިވާ ރޭވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ޖާސޫސީ ބޯޓުތައް އިރާންމަތިން އުދުހެން ފަށައިފި، އީރާނު އަސްކަރިއްޔާ ތައްޔާރީ ހާލަތަށް

ސޯމާލިލޭންޑަކީ މިނިވަން ގައުމެއް ކަމަށް ނަތަންޔާހޫ ގަބޫލުކުރުމުގެ ފަހަތުގައިވާ އެދުން!

ދެ އަހަރުތެރޭ ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އިން މައްޗަށް

އިސްތިއުމާރީ ސިފައިން “ފޫހިވެގެން” ޣައްޒާއިން މީހުން މަރައި ތަންތަން ގޮއްވަނީ، އެއްބަސްވުމަކީ ކުޅުނު ޑްރާމާއެއް

TTH_advertisement