ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ނޮވްގޮރޮޑްގައި ހުންނަ ޕޫޓިންގެ ރަސްމީ ގެކޮޅަށް ދިން ހަމަލާގެ ބަދަލު ވަރުގަދައަށް ހިފާނަން: ރަޝިޔާ

ރަޝިޔާގެ އުތުރުހުޅަނގު ރީޖަންގައި ހުންނަ ރައީސް ޕޫޓިންގެ ރަސްމީ ގެކޮޅު:

ނޮވްގޮރޮޑްގައި ހުންނަ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންގެ ރަސްމީ ގެކޮޅަށް ދިން ހަމަލާގެ ބަދަލު ވަރަށް ވަރުގަދައަށް ހިފާނޭ ކަމަށް ރަޝިޔާއިން އިންޒާރު ކޮށްފިއެވެ.

ރަޝިޔާގެ ރައީސްގެ އޮފީސް ކްރެމްލިންގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާ ޔޫރީ ޔުޝަންކޯ، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕޫޓިންގެ ގެކޮޅަށް ދިން ހަމަލާގެ ބަދަލު ނުހިފައި ރަޝިޔާއިން ދޫކޮށް ނުލާނޭ ކަމަށެވެ.

ރައީސް ޕޫޓިންގެ ގެކޮޅަށް ހަމަލާ ދީފައިވަނީ، ފްލޮރިޑާގައި އެމެރިކާގެ ރައީސް ޓްރަމްޕާއި، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބައްދަލުކުރިތާ މާ ގިނައިރެއް ނުވަނީހެވެ.

ޓްރަމްޕް ފަހުން ބުނެފައިވަނީ، ރަޝިޔާގެ ރައީސްގެ ގެކޮޅަށް ހަމަލާ ދިން ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.

ޓްރަމްޕާއި، ޕޫޓިން ފޯނުން ގުޅައި ވާހަކަ ދައްކާފައިވަނީވެސް މި ހަމަލާގެ ފަހުން ކަމަށް ވެއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ލަވްރޯފް ވިދާޅުވީ، ރައީސްގެ ގެކޮޅަށް ހަމަލާ ދީފައިވަނީ ޔޫކްރެއިނުން ކަމަށާއި، ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ ދުރުރާސްތާ މިސައިލެއް ކަމަށެވެ.

މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ރަޝިޔާއިން ހާމައެއް ނުކުރެއެވެ.

ޔޫކްރެއިން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި، ލަވްރޯފްވަނީ، ސުލްހައިގެ ވާހަކަތަކުގައި ރަޝިޔާއިން ގެންގުޅޭ ޕޮޒިޝަން އަލުން މުރާޖައާ ކުރައްވާނޭ ކަމަށެވެ.

އެކަމަކު، އެމެރިކާއާއެކު ބާއްވަމުން އަންނަ ވާހަކަތަކުން ރަޝިޔާ ވަކި ނުވާނެ ކަމަށް، ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ރަޝިޔާގެ އުތުރުހުޅަނގު ރީޖަންގައި ހުންނަ ރައީސް ޕޫޓިންގެ ރަސްމީ ގެކޮޅަށް ހަމަލާ ދިންކަމަށް ރަޝިޔާއިން ދައްކާ ވާހަކަތައް ޔޫކްރެއިނުން ވަނީ ދޮގު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުއްލި: ރަޝިޔާގެ ދިދަޖެހި ތެޔޮ ޓޭންކަރަށް އެމެރިކާ ސިފައިން އަރައި ޓޭންކަރު ހިފައިފި

ޣައްޒާ ޕްލޭން ފާސްކުރި ވޯޓުގައި ބައިވެރި ނުވި ސަބަބު ރަޝިޔާއިން ހާމަކޮށްފި

ރަޝިޔާއަށް ބާރުގަދަ ބިންހެލުމެއް، ސީދާ ނުރައްކާ ރާއްޖެއަކަށް ނެތް

ޔޫކްރެއިން މައްސަލާގައި ޓްރަމްޕާއިއެކު ވިލާތުގެ އިސްވެރިން އެއްތަންވަނީ

TTH_advertisement