ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ ވީމާ ވަކިގޮތެއް، ޔޫކްރެއިން ވީމާ ވަކިގޮތެއް ހަދައިގެން ނުވާނެ: ސްޕެއިންގެ ބޮޑުވަޒީރު

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް

ޔޫކްރެއިން މައްސަލާގައި ދުނިޔެއިން ބައިނަލްއަގްވާމީ ގާނޫނުތައް ދިފާއުކުރާ ކަމަށް ވަންޏާ، ޣައްޒާ މައްސަލާގައިވެސް ބައިނަލްއަގްވާމީ ގާނޫނުތައް ދިފާއު ކުރަން ޖެހޭނޭ ކަމަށް، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަކީ، ޣައްޒާއާ ދެކޮޅަށް އިސްތިއުމާރީ އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ޣައްޒާއާއި އަދި ޣައްޒާ ރައްޔިތުންގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ލީޑަރެކެވެ.

ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންގެ ތެރެއިން ޣައްޒާގެ ހައްގުގައި އަޑު އުފުއްލަވައި، ޣައްޒާ ހަނގުރާމައާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވެވަޑައި ގެންނެވި ލީޑަރަކީވެސް ސްޕެއިންގެ ބޮޑުވަޒީރެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، ޣައްޒާ މައްސަލާގައި ދެފުށްދެގޮތް ސިޔާސަތެއް ގެންގުޅެގެން ނުވާނޭ ކަމަށެވެ.

ޔޫކްރެއިން މައްސަލާގައި ބައިނަލްއަގްވާމީ ގާނޫނުތައް ދިފާއުކުރަންޏާ، ޣައްޒާ މައްސަލާގައިވެސް ކަން ކުރަން ޖެހެނީ އެފަދައިން ކަމަށް ސަންޗޭޒް ވިދާޅުވިއެވެ.

ޣައްޒާގައި ގަތުލުއާންމުތައް ހިންގަމުންގެންދާ ފަރާތްތައް ކޮންމެވެސް ދުވަހަކުން އިންސާފުގެ ކުރިމައްޗަށް ހާޟިރު ކުރެވެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޕެއިނުން މިހާރު ވަނީ، ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ބަލައިގަނެ، ފަލަސްތީނުގައި އެމްބަސީވެސް ހުޅުވާލަފައެވެ.

އަދި އދގެ ތެރެއިން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަނެ އެކަން ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ގްރޫޕްގައި ސްޕެއިނުން ގެންދަނީ އިސް ދައުރެއްވެސް އަދާކުރަމުންނެވެ.

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދަނީ ނަސްލުނައްތާލުމުގެ ޖަރީމާތަކެއްކަން އދއާއި، ކަމާބެހޭ ބައިނަލްއަގްވާމީ އިދާރާތަކުން ކަނޑައަޅާފައި ވީނަމަވެސް، ޔޫރަޕްގެ ގައުމުތަކުން ކެނޑިނޭޅި ގެންދަނީ އިސްރާއީލަށް ހަތިޔާރު ދީ، އަސްކަރީ އެހީއާއި މަދަދު ފޯރުކޮށްދެމުންނެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިސްރާއީލަށް އެންމެބޮޑަށް އެހީތެރިވެދީ، ހިތްވަރު ދެމުންގެންދާ ގައުމުތަކުގެ ތެރޭގައި ޖަރުމަނީ، އިޓަލީ، އަދި ޔޫކޭ ހިމެނެއެވެ.

މި ގައުމުތައް ފިޔަވައި، ޣައްޒާގައި ޖަރީމާތައް ހިންގަން ބޮމާއި، މިސައިލާއި، ބަރު ހަތިޔާރު ކެނޑިނޭޅި ފޯރުކޮށްދެމުން ގެންދަނީ އެމެރިކާއިންނެވެ. ޖާސޫސީ މައުލޫމާތު ފޯރުކޮށްދީ، މައިދާނުގައިވެސް އެމެރިކާގެ ޓީމުތައް ހަރަކާތްތެރި ވެއެވެ.

އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ގެންދަނީ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ނަސްލުނައްތާލުމާއި، ލާއިންސާނީ ޖަރީމާތަކުން އިސްރާއީލު ދިފާއު ކުރަމުންނެވެ.

އދގެ ސަލާމަތީ މަޖިލީހުން އިސްރާއީލުން ހިންގާ އުދުވާނުތައް އެންމެ ކުޑަމިނުން ކުށްވެރިވެސް ކޮށްނުލެވެއެވެ.

އެކަމަކު، ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމުން، ރަޝިޔާގެ ރައީސް ޕޫޓިން ހައްޔަރު ކުރުމަށް އައިސީސީ މެދުވެރިކޮށް އަމުރުކޮށް، ބައިނަލްއަގްވާމީ މައިދާނުން ރަޝިޔާ އެކަހެރިކޮށް ދަތިކޮށްފައި ވެއެވެ. އަދި ޔޫކްރެއިނަށް ހަތިޔާރު އޮއްސައި ރަޝިޔާއާ ދެކޮޅަށް ޕްރޮކްސީ ހަނގުރާމައެއް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އީރާނާއި ހިޒްބުﷲ ގުޅިގެން ތެލް އަވީވް ސުންނާފަތިކުރަނީ، މަގެއްމަތިން މީހަކުވެސް ނުފެނޭ، ރޭގައި ދިނީ ތަފާތު ހަމަލާތަކެއް

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް