ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މިއަދު އެކަނިވެސް ވެލާނާ އެއާޕޯޓުން 22،000 މީހުންނަށް ޚިދުމަތްދޭނެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް މިއަދަކީ އެންމެ ބާރުބޮޑު އެއް ދުވަސް ކަމަށް ކަމަށާއި މިއަދު އެކަނި 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

އާންމުކޮށް އަހަރު ނިމޭ ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށްވުމާއި ޗުއްޓީއަށް ފުރާ މީހުންގެ އިތުރުވާ ދުވަސް ވަރެއް ކަމުން، މި ދުވަސް ވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާ ދުވަސް ވަރެކެވެ. އެމްއޭސީއެލްއިން ވިދާޅުވީ މިއަދު ބާރު ބޮޑުވަނީ އުމްރާއަށް ފުރާ މީހުންނާއެކު ޗުއްޓީ ދަތުރުތައް އިތުރުވެގެން ދިއުމުގެ ސަބަބުންނެވެ. މިއީ އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް ފަހު އެންމެ ބާރު ބޮޑުވެގެންދާ ދުވަހެވެ.

އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެއާޕޯޓުން މިއަދު އެކަނިވެސް 11،000 އަށް ވުރެ ގިނަ މީހުން ފުރާނެއެވެ. އަދި 11،100 އަށް ވުރެ ގިނަ މީހުން އަންނާނެއެވެ.

ވެލާނާ އެއާޕޯޓު ބާރުބޮޑުވުމާއި ދިމާކޮށް އާންމުކޮށް އެމްއޭސީއެލްއިން ހާއްސަ ފިޔަވަޅުތަކެއް އަޅައެވެ. އެގޮތުން މެދު ނުކެނޑީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް، ދުރާލާ ފުރަން ދިއުމަށް އެކުންފުނިން އެދެއެވެ. އަދި ފުރަންދާ މީހުންނަށާއި އެއަރޕޯޓުގެ އެކި ޚިދުމަތް ހޯދަން ދާ ފަރާތްތަކަށް އެހީވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއިން ވަނީ އެއާޕޯޓަށް މިއީ ބާރު ބޮޑު ދުވަހެއް ނަމަވެސް، އައު ޓާމިނަލާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ތަޖުރިބާ ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖެ ދަތުރުކުރާ ބޮޑެތި ހުރިހާ އެއަރލައިނެއްހެން މިހާރު އައު ޓަރމިނަލަށް ބަދަލުކޮށްފައިވާއިރު، މިހާރު 39 އެއަރލައިނަކަށް ދަނީ ޚިދުމަތް ދެމުންނެވެ. އެކުންފުނީގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުރިހާ އެއާލައިނެއްވެސް އައު ޓާމިނަލަށް ބަދަލު ކުރުމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ އައު ޓަރމިނަލަށް ސީޕްލޭން ކައުންޓަރުތައް ބަދަލުކޮށް ޚިދުމަތް ދޭން ފަށަން ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ދާދި އަވަހަށް ޑިއުޓީ ފްރީގެ ޚިދުމަތްވެސް ދޭން ތައްޔާރުވަމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big rjt1zscc75ikihkaqcmruhctj

މިދިޔަ އަހަރު ޕްރައިވެޓް ޖެޓް އަދި ޗާޓަރ ކޮށްގެން 1289 ދަތުރު ކުރި

airport

މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް 15،000 ދަތުރު

Whatsapp image 2025 12 29 at 18.15.58

ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްއޭސީއެލް އިން ފުލުހުންނާއި އެމްނެޓްސް އާއެކު އެއްބަސްވުމެއް

އައު ޓާމިނަލުން އެއޮރޯފްލޮޓް އެއަރލައިނަށް ޚިދުމަތް ދޭން ފަށައިފި

TTH_advertisement